ފުލުހުންގެ ތަރުޖަމާނަކަށް ހުރި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު އެ މަގާމުން ވަކިކޮށް، އެ މަގާމަށް ވަގުތީ ގޮތުން ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު ހަމަމަޖައްސަވައިފި އެވެ.
ފުލުހުން ވަނީ މިހާރު މިކަން ހުރިހާ މީޑިއާތަކަށް އަންގާފައެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖްގައި ބުނީ، މިއަދުން ފެށިގެން ފުލުހުންގެ އިސް ތަރުޖަމާނަކަށް ވަގުތީގޮތުން ޔޫނުސް ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި މި ބަދަލާއެކު ޕޮލިސް މީޑިއާ ރިލޭޝަން އޮފިސަރުގެ ހައިސިއްޔަތުން ދުވަހުން ދުވަހަށް މީޑިއާތަކަށް މައުލޫމާތު ދިނުމުގައި ހަރަކާތްތެރިވާނީ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓާ އާތިފާ ހަސަން ކަމަށް އެ މެސެޖުގައި ބުނެފައިވެއެވެ.
އިޒްމިއާ ފުލުހުންގެ ތަރުޖަމާނަކަށް ހަމައްޖައްސާފައިވަނީ، ޑިސެމްބަރު 19، 2018 ގައެވެ. އޭނާ މީޑިއާތަކާ ތަފާތުކުރާކަމަށް ބުނެ، މީޑިއާ ކައުންސިލަށްވެސް އެ މައްސަލަ މީގެ ކުރިން ހުށަހެޅިއެވެ. ބައެއް މީޑިއާތަކާ މެދު ތަފާތުކުރުންތައް އޭނާ ގެންގުޅޭ ކަމަށް ބައެއް ނޫސްވެރިން އަންނަނީ ބުނަމުންނެވެ.