ފޮޓޯ: ސަން

255 މީހަކަށް އިންކަމް ސަޕޯޓު އެލަވެންސް ދީފި

ކޮވިޑް-19ގެ ސަބަބުން ވަޒީފާ އަށް އަސަރުކޮށްފައިވާ 255 މީހަކަށް އިންކަމް ސަޕޯޓު އެލަވެންސް ދީފިއެވެ.

ފިނޭންސް މިނިސްޓްރީ އިން މިއަދު ބުނީ، 255 މީހުންނަށް އެލަވެންސްގެ ގޮތުގައި ދިނުމަށް 1.06 މިލިއަން ރުފިޔާ މިހާތަށް ހަރަދުކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި އެންސްޕާ މެދުވެރިކޮށް ފައިސާ ދޫކުރަން ފެށީ މެއި 20 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ އިންކަމް ސަޕޯޓް އެލަވެންސް ދޭނީ މާޗް 1، 2020 ގެ ފަހުން، ކޮވިޑް19 ސަބަބުން ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކޮށްފައިވާ ފަރާތްތަކަށާއި މުސާރަ ނުލިބޭގޮތަށް ނޯޕޭ ލީވް އަށް ފޮނުވާލާފައިވާ ފަރާތްތަކަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބަޔެއް އުނިކޮށްފައިވާ ފަރާތްތަކަށެވެ.

މި އުސޫލުގެ ދަށުން އެލަވެންސް ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޭޕްރީލް މަހާއި، މޭ މަހާއި އަދި ޖޫން މަހަށެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ