ސޯނޫކޭ ޓީޓުކީ ސްވިޓީ އިން ބޮލީވުޑްގެ އުޑުގައި ފިޔަޖަހާލި އެކްޓަރު ނުޝްރަތު ބަރޫޗާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ބިރުވެރި ފިލްމަކުން ކަމަށް ބުނެފިއެވެ.
ބަތަލާ ނުޝްރަތު ކުރި ޓްވީޓެއްގައި ބުނީ، އޭނާއަށް ބިރުވެރި ފިލްމަކުން ފުރުސަތު ލިބިއްޖެ ކަމަށާއި އެ ފިލްމު ކުޅެން އޭނާ އެއްބަސްވީ ދުވަހަކުވެސް ކުޅެލަން ނުލިބޭ ފަދަ ވަރުގަދަ ރޯލެއް ކުޅެލަން ލިބުމުން ކަމަށެވެ.
ނުޝްރަތު ބުނީ ބިރުވެރި ފިލްމުތަކަކީ އަބަދުވެސް ވަރަށް ކަމުދާ ޖޯންރާއެއްގެ ފިލްމުތަކެއް ކަމަށާއި މި ފިލްމު ކުޅެލަން އެއްބަސްވީ ޑައިރެކްޓަރު ފޫރިއާ އެކު މަސައްކަތްކޮށްލަން ބޭނުންވުމުން ކަމަށެވެ.
“ޗޯރީ” ކިޔާ ފިލްމުގެ ޝޫޓިން ފަށާނެ ތާރީޚެއް އަދި އިއުލާންކޮށްފައި ނުވާ އިރު، މި ފިލްމު ރިލީޒްކުރާނެ ތާރީޚެއް ވެސް އިއުލާންކޮށްފައެއް ނުވެއެވެ. އެ ފިލްމަކީ މަރާޓީ ފިލްމު “ލަޕަޗައްޕީ”ގެ ހިންދީ ރީމޭކެކެވެ.
ބަތަލާ ނުޝްރަތު އެންމެ ފަހުން ފެނިގެން ދިޔައީ އަޔުޝްމާން ކުރާނާ އާއި އެކު ފިލްމު “ޑްރީމް ގާލް”އިންނެވެ.