ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމް ކުރާ ފިއުލް ފާމްގެ ބޮޑެތި މަސައްކަތްތަކެއް ނިންމާލައިފިއެވެ.
އެމްއޭސީއެލް އިން ބުނީ، އެއާޕޯޓުގައި ގާއިމްކުރާ އާ ފިއުލްފާމުގެ ބްރެސްޓިން ޑޮލްފިންގެ ސްޓްރަކްޗާގެ މަސައްކަތާއި ފަޔާ ފައިޓިން ޕްލެޓްފޯމުގެ މަސައްކަތް ވެސް ނިންމާލެވިފައިވާ ކަމަށާއި، ޖެޓްފިއުލް އަދި ޕެޓްރޯލާއި ޑީސަލް ރައްކާކުރުމަށް ހަދާ ހުރިހާ ޓޭންކެއްގެ މަސައްކަތްވެސް މިހާރު ނިންމާލެވިފައިވާކަމަށެވެ. އަދި އެއާސައިޑް ޑިސްޕެންސިން ސްޓޭޝަން ޓޭންކް އިންސްޓޯލު ކުރުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާ ކަމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުންޏެވެ.
ވީއައިއޭގެ އާ ފިއުލް ފާމުގައި 37 މީޓަރުގެ ޑައިމީޓަރު ހުންނަ ތިން ޓޭންކު ވަނީ ބަނދެފައެވެ. ކޮންމެ ޓޭންކެއްގައި 15 މިލިއަން ލިޓަރުގެ ތެޔޮ ރައްކާކުރެވޭނެއެވެ. މިހާރު އެއާޕޯޓުގައި ޖުމްލަ ރައްކާކުރެވެނީ 15 މިލިއަން ލީޓަރުގެ ޖެޓް ފިއުލްއެވެ. އާ ފިއުލް ފާމުގައި ގާއިމް ކޮށްފައިވާ ތިން ޓޭންކުގައި ޖުމްލަ 45 މިލިއަން ލީޓަރުގެ ފިއުލް ރައްކާ ކުރެވޭނެއެވެ. މީގެ އިތުރުން ޑީސަލް ސްޓޓޯރޭޖަށް 500 މެޓްރިކްޓަނުގެ ދެ ޓޭންކު ބަނދެފައިވެއެވެ.
ފިއުލް ފާމްގެ މަސައްކަތަށް 373 މިލިއަން ޑޮލަރު ހަރަދުވާއިރު މި މަސައްކަތް ކުރިއަށް ގެންދަނީ އެއާޕޯޓު ތަރައްގީގެ ގިނަ މަޝްރޫއު ތަކެއް ކުރިއަށްގެެންދާ ޗައިނާގެ ބީޔޫސީޖީ އިންނެވެ.