ބައިނަލްއަގުވާމީ ފްލައިޓްތައް ޗައިނާއަށް ދަތުރުކުރުމުގައި ލުޔެއްދީފި

ބީބީސީ: އެެމެރިކާގެ ބިރު ދެއްކުންތަކާއެކު ބައިނަލްއަގުވާމީ ފްލައިޓްތައް ޗައިނާއަށް ދަތުރުކުރުމުގައި ކުރިން އޮތް ދަތިތަކަށް ޗައިނާއިން ލުޔެއްދީފިއެވެ.

ވައިގެ ދަތުރުފަތުރުތައް ޗައިނާއިން ކޮންޓްރޯލްކުރީ ކޮރޯނާވައިރަސް ވަރަށް ބޮޑަށް ފެތުރެމުންދިޔުމާާއެކު ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ. ކޮރޯނާވައިރަސް ޗައިނާގައި އެއްކޮށް ކަހަލަ ގޮތަކަށް ކޮންޓްރޯލް ވިޔަސް، އެމެރިކާގައި ހަލުވިކަމާއެކު އަދިވެސް ބަލި ދަނީ ފެތުރެމުންނެވެ.

ޗާއިނާގެ ފްލައިޓްތައް އެމެރިކާއަށް ދަތުރުކުރެވޭއިރު، އެމެރިކާއަށް އެފުރުސަތު ނެތުމުން އެ މައްސަލަ މާބޮޑަށް ހޫނުވެ، އެކަމުގައި ޗައިނާއިން ލުޔެއް ނުދީފިނަމަ އެގޮތުން އަންނަ މަހު 16 އިން ފެށިގެން ޗައިނާގެ ފްލައިޓްތައް އެމެރިކާއަށް ދަތުރުކުރުން ހުއްޓުވަން ވެސް އެމެރިކާއިން ކުރިން ވަނީ ނިންމައިފަ އެވެެ. އެގޮތަށް ހަދައިފިނަމަ އެއާ ޗައިނާ، ޗައނާ އީސްޓާން އެއާލައިންސް، ޗައިނާ ސަދަން އެއާލައިންސް އަދި ހައިނާން ފަދަ ޗައިނާގެ އެއާލައިންސްތަކަށް އެމެރިކާއަށް ދަތުރެއް ނުކުރެވޭނެ އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ޖާއޯ ލީޖިއާން ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އަލުން ފްލައިޓްތައް ފެށުމުގެ ގޮތުން ލުއިތަކެއް ދީފައިވާ ކަމަށާއި އެއާއެކު އެެމެރިކާއިން ފްލައިޓްތައް ފެށުމަށް ހުރަސް ނާޅާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ. ޗައިނާގެ ސިވިލް އޭވިއޭޝަން ރެގިއުލޭޓަރުން އިއްޔެ ބުނީ ޗައިނާއަށް މިހާރު ދަތުރުކުރުނުކުރެވޭ ބޭރުގެ އެއާލައިންތަކަށް އަންނަ ހޯމައިން ފެށިގެން އެގައުމުގެ ކޮންމެެވެސް އެއް މަންޒިލަކަށް ފްލައިޓްތައް ބޭއްވޭނެކަމަށެވެ. އައި ރިސްކާއި ގާބިލްކަން ބެލުމަށްފަހު މަޑުމަޑުން އިތުރު ފްލައިޓްތައް ބޭއްވޭނެކަމަށްވެސް ބުނެފައިވެ އެވެެ.

ކޮރޯނާއާ ގުޅިގެން މިދިޔަ މާޗް 12 އިން ފެށިގެން ބޭރުގެ އެއާލައިންތަކަށް ޗައިނާއަށް ދަތުރުކުރެވެނީ ހަފްތާއެކު އެއް ދުވަހު އެކަންޏެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ