އެމްއެމްސީ ނޫސްވެރިކަމުގެ ސްކޮލަޝިޕްގެ ފުރުސަތު ދެ ފަރާތަކަށް

އިންޑިއާގެ ޗެންނާއީގައި ހުންނަ އޭޝިއަން ކޮލެޖް އޮފް ޖާނަލިޒަމްގެ ނޫސްވެރިކަމުގެ ސްކޯލާޝިޕަކަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ހުޅުވާލައިފިއެވެ.

އެމްއެމްސީ އިން ބުނީ، ނުވަ މަސްދުވަހުގެ އެ ކޯހުގައި ރާއްިޖެއިން ދެ ފަރާތަކަަށް ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ސްކޮލަޝިޕަށް ކުރިމަތިލެވޭނީ ނޫސްވެރިކަން ނޫނީ ކަމާ ގުޅުންހުރި ދާއިރާއަކުން ބެޗްލާސް ޑިގްރީ ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަމަށް ވެސް އެމްއެމްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެމްއެމްސީ އިން ނެރުނު ކުރު ބަޔާނުގައި ބުނީ، ކޯހުގެ ހަރަދުގެ އިތުރުން، އެއާ ޓިކެޓް ހަރަދު އަދި ކޯހުގެ މުއްދަތުގައި ހުރުމާއި ކެއުމުގެ ހަރަދު ކޯސް ދޭ ފަރާތުން ހަމަޖައްސާނެ ކަމަށެވެ.

ކޯހުގައި ބައިވެރިވާން މައުލޫމާތުތައް މެއިލް ކުރާއިރު އެ މީހެއްގެ އައިޑީކާޑު ކޮޕީ، ފޯން ނަންބަރު، ސިވީ، ޑިގްރީ ސެޓްފިކެޓްގެ ކޮޕީ އާއި މަސައްކަތުގެ ތަޖުރިބާގެ ލިޔުންތައް ހުށަހެޅުމަށް އެމްއެމްސީއިން ވަނީ އެދިފަ އެވެ. ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހު ނުވަ ވަނަ ދުވަހު، މެންދުރު 2:00ގެ ކުރިން އެ ކައުންސިލްގެ އީމެއިލް، info@mmc.org.mv މައުލޫމާތުތައް މެއިލް ކުރެއްވުމަށް އެމްއެމްސީ އިން ވަނީ އެދިފަ އެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުން ނަމަ ކައުންސިލްގެ ހޮޓްލައިން ނަމްބަރު 7967919 އަށް ގުޅުމަށް ވަނީ އެދިފަ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ