ފުރަތަމަ ފަަހަރަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އަޑުއެހުމެއް އޮންލައިންކޮށް ބާއްވައިފި

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ފުރަތަމަ ފަަހަރަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އަޑުއެހުމެއް ބާއްވައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ފުރަބަންދުކޮށްފައިވާއިރު، ސިއްހީ މާހިރުން ދަނީ ގައިދުރުކަން ބެހެއްޓުމަށް ބާރު އަޅަމުންނެވެ. އެއާއެކު، އެހެން ދާއިރާތަކާ އެއްގޮތަށް ޝަރުއީ ދާއިރާގެ މަސައްކަތަށްވެސް ވަނީ ބަދަލު އަންނަން ފަށައިފައެވެ.

އެގޮތުން މިއަދު ފުރަތަމަ ފަހަރަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަޑުއެހުމެއް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވާފައިވެއެވެ.

މިގޮތުން މިއަދު ބާއްވާފައިވަނީ ޓްރައިބިއުނަލުގެ ރައީސް އަމްޖަދު މުސްތަފާ ބައްލަވަމުންގެންދަވާ މި އަހަރުގެ 72 ވަނަ ނަމްބަރު މައްސަލައިގެ ފުރަތަމަ އަޑުއެހުން ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން ބުންޏެވެ.

މިހާރު ކޯޓުތަކުންވެސް ވަނީ އަޑުއެހުންތައް އޮންލައިންކޮށް ބާއްވަން ފަށައިފައެވެ. އެގޮތުން ސުޕްރީމް ކޯޓާއި، ހައިކޯޓުން ވަނީ މައްސަލަތައް އޮންލައިންކޮށް ބާއްވައި، ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުންނަށް އަޑުއެހުންތައް ލައިވްކުރަން ފަށައިފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ