7000 ފްލެޓާއި ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން ހެދީ ދޮގެއް!

7000 ފްލެޓާއި ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން ހެދީ ދޮގެއްކަން ހާމަވެއްޖެއެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ހިޔާ މަޝްރޫއުގައި 7000 ފްލެޓް ހިމެނޭ ކަމަށް ބުނި ނަމަވެސް ހުރީ 6860 ފްލެޓް ކަމަށާއި އެ ފްލެޓްތައް ލިބޭނެ ކަމުގެ ލިޔުން 11000 މީހަކަށް ދޫކޮށްފައިވާ ކަމަށެވެ. އެހެނަސް އެމިނިސްޓްރީގެ ލިޔެކިޔުންތަކުން ދައްކާގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާ މަޝްރޫޢުގެ 7000 ފްލެޓަށް ދޫކުރީ 7000 ލިޔުމެވެ.

ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން 7000 ފްލެޓާއި ބެހޭގޮތުން ދޮގު ހަދާފައިވާއިރު އެފްލެޓްތަކާއި ގުޅޭގޮތުން ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވަނީ ދުވަހު “ވަގުތު” މެދުވެރިކޮށް ރައްދު ދެއްވާފައެވެ.

“ސަރުކާރުން މިއަދު މަސައްކަތް ކޮށްފައި ވަނީ މައުލޫމާތު އޮޅުވާލަން. ލިޔުންތައް ދޫކުރި ގޮތުގެ ތަފްސީލްތައް އޭރު ސަރުކާރުން ކޮށްފައިވާ އިއުލާނުތަކުން ވެސް ސާފު ވާނެ. މިހާރު އެއުޅެނީ ގޮތް ހުސްވެގެން. ކަނޑައެޅިގެން ދޮގެއް.” ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ކުރީ ސަރުކަރުން ނިންމާފައިވާ ފްލެޓްތަށް ހަވާލުކުރުން ލަސްވެފައިވާއިރު އެފްލެޓް ތަކާއި މެދު ސަރުކަރުން ދަނީ ތަފާތު ގޮތްގޮތަށް ވާހަކަ ދައްކަމުންނެވެ. އެއީ “ކޮތަރު ކޮއްޓެއް”ކަމަށް ބުނެ މަޖިލިސް ރައީސް ފާޑު ވިދާޅުވިއިރު ތޮއްޑޫ ދާއިރާގެ މެމްބަރު ވަނީ ފްލެޓްގެ ފްލޯރ ޕްލޭންގެ ފޮޓޯއެއް ޓްވީޓާރއަށް ލުމަށްފަހު ފާޑު ކިޔާފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ