ކޮވިޑް19 މުޅި ދުނިޔެ އަށް ބަލާއިރު ދަނީ ގޯސްވަމުންކަމަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވެއްޖެއެވެ.
ޓެޑްރޯސް ވިދާޅުވީ “ޔޫރަޕުގައި ވައިރަސްގެ ހާލަތު ރަނގަޅުވަމުން އައި ނަމަަވެސް މުޅި ދުނިޔެ އަށް ބަލާއިރު ދަނީ ގޯސްވަމުން،” ކަމަށާއި “ވޭތުވެދިޔަ 10 ދުވަހުގެ ތެރޭން ނުވަ ދުވަހު ވަނީ 100،000 އަށް ވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައި.”ކަމަށެވެ. އަދި މިދިޔަ އާދިއްތަ ދުވަހު އެކަނި ވެސް 136،000 ކޭސް ރިޕޯޓްކުރި ކަމަށާއި މިއީ މިހާތަނަށް އެއް ދުވަހަކަށް ބަލާއިރު އެންމެ ބޮޑު އަދަދުކަމަށް ޓެޑްރޯސް ހާމަކުރިއެވެ.
ޓެޑްރޯސްގެ ވާހަކަތަކުން ހާމަވި ގޮތުގައި ކޮވިޑް19 ގެ ނުރައްކާ ދެކުނު އޭޝިއާ އާއި އެމެރިކާ ކޮންޓިނެންޓުގައި ބޮޑުވަމުން އަންނަ ކަމަށާއި ކުނު އޭޝިއާ އިން އިންޑިއާ އާއި ޕާކިސްތާނުގައި ހަލުވިކަމާ އެކު ބަލި ފެތުރެމުންދާކަމަށެވެ. އަދި އެމެރިކާ އާއި ބްރެޒިލް ހިމެނެނީ އެމެރިިކާ ކޮންޓިނެންޓުން އެންމެ ބާރަށް ބަލި ފެތުރޭ ގައުމުތަކުގެ ތެރޭގައިކަމަށެވެ.