ބާ އޮކްސިޖަން ސިލިންޑަރ ތަކާއި ގުޅޭ ކޮރަޕްޝަން މައްސަލައެއް ފެންމަތިވެއްޖެ

ކޯވިޑް19 އާއި ގުޅިގެން މޯލްޑިވްސް ގޭސްއިން ރާއްޖެ ގެނައި އޮކްސިޖަން ސިލިންޑަރ ތަކެއްގެ މައްސަލަ އެއް ފެންމަތިވެއްޖެއެވެ.

މިކަން އެންމެ ފުރަތަމަ ސަމާލުކަމަށް ގެނެސްފައިވަނީ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރ މުޙައްމަދު މުސްތަފާ އެވެ. މިކަމާއި ގުޅިގެން މުސްތަފާ ކުރި ޓުވީޓެއްގައިބުނެފައިވަނީ ކޯވިޑް19 އާއި ގުޅިގެން އެސްޓީއީ މެޑިލަކަލްއިން ގެނައީ މުޅިންވެސް ބާވެ ހަސްނެތިފައިހުރި އޮސްސިޖަން ސިލިންޑަރ ތަކެއްކަމަށެވެ.

އޮކްސިޖަން ސިލިންޑަރ ތަކަށް ގޭސް ފިލްކޮށްގެން މިއަށް16 މިލިއަން ރުފިޔާ ހަރަދު ކުރިކަމަށް ވަނީ، މިވެސް ގެނުވީ ބަލިމީހުންނަށް ފަރުވާ ދޭށޭ ކިޔައިގެން

މުސްތަފާ މިމަހުގެ 6 ވަނަ ދުވަހު ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.

މުސްތަފާ ކުރި އިތުރު ޓުވީޓެއްގައި މި ސިލިންޑަރ ތަކުގެ ފޮޓޯވެސް ހިމަނުއްވާ ބުނެފައިވަނީ އެސްޓީއޯއިން ކޯވިޑް19 އާއި ގުޅިގެން ބަލި މީހުންނަށް ފަރުވާދޭން ގޭސް ފިލްކޮށްގެން ގެނައީ ކުނި ގޮނޑުގައި ހުރި ސްކަރެޕް ފުޅިތަކެއްކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިބާ ސިލިންޑަރތައް ގެނައުމުގެ މައްސަލަ އެސްޓީއޯއިން އަދި އޭސީސީއިން ދަނީ ތަޙްޤީގު ކުރަމުންނެވެ. 16 މިލިއަން ރުފިޔާ ހަރަދުކޮށްގެން 4000 ސިލިންޑަރ ބިޑުކުރުމަކާއި ނުލާ ގެނެސްފައިވަނީ ސިންގަޕޫރުގެ ކުންފުންޏަކުން އުސޫލުން ބޭރުންކަމަށް މީސްމީޑީޔާގައި މީހުންއަންނަނީ ބުނަމުންނެވެ.

މިސިންޑަރ ތަކާއި އެކު މިއާއި ގުޅުންހުރި އެކި ސާމާނުވަނީ ގެނެސްފައެވެ. މިކަމާއި ގުޅިގެން އެންމެ ބޮޑު ތުޙުމަތެއް ކޮށްފައިވަނީ މޯލްޑިވްސް ގޭސްގެ އެކްޓިން އެމްޑީ އަލީ އިކުރާމްއަށެވެ. ޓުވިޓަރ ގައި މިކަމާއި ގުޅިގެން ބަޔެއް ފަރާތްތަކުން ބުނެފައިވަނީ މިއީ މޯލްޑީވްސް ގޭސްގެ ބެލުމުގެ ދަށުން ގެނެސްފައިވާ ސިލިންޑަރ ތަކެއްކަމަށެވެ. އަދި މިކަމުގެ ފަހަތުގައި ހުރީ މޯލްޑިވްސް ގޭސްގެ އެކްޓިން އެމްޑީކަމަށް ބުނެ އާފުޅިތަކެއްގެ ނަމުގައި ބާފުޅީތަކެއް ގެނައިމައްސަލަ ބަލައިދިނުމަށްވަނީ އެދިފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ