އަސްލަމަށް ރުހުން ހޯދުމަށް، މާދަމާގެ މަޖިލީހުގެ ޖަލްސާގައި އެޖެންޑާ ކޮށްފި

ދެ މިނިސްޓްރީއެއް އެއްކޮށްލައި، މިނިސްޓަރު އޮފް ނެޝަނަލް ޕްލޭނިންގް ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަގެ ނަމުގައި އުފެއްދި މިނިސްޓްރީއަށް މިނިސްޓަރު މުހައްމަދު އަސްލަމް އައްޔަނުކޮށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

މިނިސްޓަރު އަސްލަމަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވި މައްސަަލަ ވަނީ މާދަމާގެ މަޖިލީހުގެ ޖަލްސާގައި އެޖެންޑަ ކޮށްފަ އެވެ. ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައި ވާގޮތުގެ މަތިން މިނިސްޓަރު ކަމަށް އަލަށް އައްޔަނުކުރާ ފަރާތަކަށް މަޖިލީހުގެ ރުހުން ހޯދަން ޖެހެއެވެ. އޭގެ އިތުރުން ދެ މިނިސްޓްރީ އެއްކޮށްލައި ރައީސް އުފެއްދެވި މިނިސްޓްރީގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސް ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި މައްސަލަވެސް ވަނީ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފަ އެވެ.

މިދިޔަ ހަފްތާގައި އުވާލި މިނިސްޓްރީ އޮފް ހައުސިންގް އެންޑް އާބަން ޑިވެލޮޕްމެންޓްގެ މެންޑޭޓު ޕްލޭނިން މިނިސްޓްރީއާ ހަވާލުކޮށް، އުފެއްދެވި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ވަޒީރުކަމަށް މުހައްމަދު އަސްލަމް އައްޔަނު ކުރެއްވީ މިއަދު އެވެ.

ހައުސިންގް އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީ އުވާލައި، އެތަނުގެ މަސައްކަތްތައް ޕްލޭނިންގް މިނިސްޓްރީއާ ހަވާލުކުރީ ހައުސިންގް މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިމިނަތު އާތިފާ ޝަކޫރު މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވުމުންނެވެ. އާތިފާ އިސްތިއުފާ ދެއވީ ސިއްހީ ސަބަބުތަކަށްޓަކައެވެ.

ޕްލޭނިންގް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަސްލަމްއަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ މިނިސްޓަރުކަމުގެ ފަތްކޮޅު އެރުއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސް އޮފީހުން ބުނީ ހައުސިން މިނިސްޓްރީއިން ދެމުން ދިޔަ ހުރިހާ ހިދުމަތެއް ދެމުން ދާނީ ޕްލޭނިން މިނިސްޓްރީއިން ކަމަށެވެ. އަދި ހައުސިން މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ވެސް ޕްލޭނިން މިނިސްޓްރީއަށް ބަދަލުކުރަން ވެސް ރައީސް ނިންމަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ