ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

މާދަމާއިން ފެށިގެން މާލެ ހުޅުމާލެ ބަސް ދަތުރުތައް ފަށަނީ

މާދަމާއިން ފެށިގެން މާލެ ހުޅުމާލެ ބަސް ދަތުރުތައް ފަށަން ނިންމައި، ޝެޑިއުލް އާންމުކޮށްފިއެވެ.

މާދަމާ ބަސް ދަތުރު ފަށާއިރު އާންމުކޮށް އޮންނަ ޝެޑިއުލްއާ ތަފާތުވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން ވަނި ބުނެފައެވެ. މީގެ ކުރިން ބަސް ދަތުރު އޮންނަނީ ކޮންމެ 30 މިނިޓަކުންނެވެ. ދަތުރުތައް ފަށަން ނިންމާފައި މިވަނީ، މާލެ ލޮކްޑައުން ކުރުމާއެކު ބަސްދަތުރުތައް އާންމު އުސޫލުން ކުރުން މެދު ކަނޑާލާފައި އޮތުމަށް ފަހުއެވެ.

އެމްޕީއެލްއިން އާންމުކޮށްފައިވާ ޝެޑިއުލްގައި ވާގޮތުން އެންމެ ފުރަތަމަ ބަސް ދަތުރު ފަށާނީ 6:30 ގަ އެވެ. އޭގެ ފަހުން ހަތަކުން ފެށިގެން ނުވައެއް ޖެހުމާ ހަމައަށް ދަތުރުތައް ބާއްވާނީ އެއް ގަޑިއިރުން އެއްގަޑި އިރުންނެވެ. އަދި މެންދުރު 12 އިން ފެށިގެން ރޭގަނޑު ނުވައެއް ޖެހުމާ ހަމައަށް ބަސް ދަތުރު ބާއްވަން މައް ޖައްސާފައި ވަނީ ކޮންމެ ދެގަޑިއިރަކުންނެވެ. ރޭގަނޑު އެންމެ ފަހު ބަސް އޮންނާނީ 23:00 ގަ އެވެ.

ގްރޭޓާ މާލެ ޓްރާންސްޕޯޓް ލިންކުން ބުނީ ބަސް ދަތުރުކުރާއިރު ބަހަށް އަރާ ފަރާތްތަކުން އަމަލުތައް ބަހައްޓަން ވާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ