ފޮޓޯ: އެޑިޝަން.އެމްވީ

ރޭގަނޑު 10 ގެ ފަހުން ޑެލިވަރީގެ ހިދުމަތް ނުދެވޭނެ: އެންއީއޯސީ

މާދަމާރެއިން ފެށިގެން ރޭގަނޑު 10 ގެ ފަހުން ޑެލިވަރީގެ ހިދުމަތް ނުދެވޭނެ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.

މިހާރު ޑެލިވަރީ ކުރުމަށް ރޭގަނޑު 11 ޖެހުމާ ހަމައަށް ހުއްދަ ދީފައި އޮންނަ އިރު، މާދަމާއިން ފެށިގެން ރޭގަނޑު 10 އަކުން ފަތިހު ފަހެއް ޖެހުމާ ހަމައަށް މަގުމަތީގައި މީހުން އުޅުމަކީ މަނާކަމެއް ކަމަށް އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، ރޭގަނޑު 10 ގެ ފަހުން ޑެލިވަރީގެ ހިދުމަތް ނުދެވޭނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މާދަމާއިން ފެށިގެން މާލެ ހުޅުވާލާއިރު ހުއްދައަކާއި ނުލައި އާންމުންނަށް ބޭރަށް ނުކުތުމަށް ހުއްދަ ދެ އެވެ. އަދި މާދަމާއިން ފެށިގެން އޮފީސްތައް ހުޅުވުމަށްވެސް ވަނީ ހުއްދަ ދީފަ އެވެ. ނަމަވެސް ބޭރުގައި އުޅޭ އިރު މާސްކަ އަޅައިގެން އުޅުމާއި ސެނިޓައިޒާ އަބަދުވެސް އަތުގައި ގެންގުޅުމާއި ގައިދުރު ކުރުމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ