އީއައިބީ އިން ރާއްޖެއަށް 20 މިލިއަން ޔޫރޯގެ ލޯނު އެހީއެއް ދެނީ

ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކު (އީއައިބީ) އިން ރާއްޖެއަށް 20 މިލިއަން ޔޫރޯގެ ލޯނު އެހީއެއް ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެ ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި އެހީއަކީ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ އަސަރާ ގުޅިގެން، އެސްއެމްއީ، ނޫނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ދިން އެހީއެއް ކަމަށާއި، މި އެހީގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ލިބި، އިގްތިސާދީ ހަރަކާތްތައް އަލުން ކޮޅަށް ޖެހުމުގެ މަސައްކަތަށް އެހީއަކަށް ވާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން އައީއައިބީއިން ކުރިއަށް ގެންދާ “ޓީމް ޔޫރަޕް” އެހީގެ ޕްރޮގްރާމްގެ ދަށުން ރާއްޖެއަށް ދޭ 20 މިލިއަން ޔޫރޯ (348.8 މިލިއަން ރުފިޔާ)ގެ މި ލޯނުން ދޫކުރުމަށް ހަމަޖެހިފައި ވަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ.

އެބޭންކުން ބުނި ގޮތުގައި މި އެހީއާއެކު ފަތުރުވެރި ކަމުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވެވޭނެ އެވެ. މީގެ އިތުރުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް އެހީވެދީ ދިވެހި އިގްތިސާދީ މަސައްކަތްތައް ކުރިއެރުވުމަށް މި ފައިސާ ބޭނުންކުރެވޭނެ ކަމަށް ޔޫރަޕިއަން އިންވެސްޓުމެންޓު ބޭންކުން ވަނީ ބުނެފައެވެ.

މިއީ އީއައިބީއިން ރާއްޖެއަށް ވެދޭ ތިން ވަނަ އެހީ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ