ރާއްޖޭގެ ރިޒާވް 270 މިލިއަން ޑޮލަރަށް ވުރެ ދަށަށް ވެއްޓިއްޖެ: މިނިސްޓަރު އަމީރު

ރާއްޖޭގެ ޔޫސަބަލް ރިޒާވް، 270 މިލިއަން ޑޮލަރަށް ވުރެ ދަށަށް ވެއްޓިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު އެހެން ވިދާޅުވެފައިވަނީ މިނިމަމް ވޭޖް ގޮތުގައި ކަނޑައެޅުމަށް މިހާރު މަޝްވަރާ ކުރަމުންދާ އަދަދު، ބިދޭސީންނަށް ހަމަޖައްސައިފި ނަމަ 270 މިލިއަން ޑޮލަރު ރާއްޖެ އިން ބޭރުވެގެން ދާނެ ކަމަށް ލަފާ ކޮށްފައިވާތީއެވެ.

މިއަދު ބޭއްވި މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައެޅުމުން ބިދޭސީންނަށް މިހާރު ލިބޭ މުސާރައަށް ވުރެން ބޮޑު މުސާރައެއް ލިބޭނެ ކަމަށާއި އޭގެ ނަތީޖާއަކަށް ވާނީ އެ ފައިސާގެ ތެރެއިން ބޮޑު ބައެއް ބޭރު ފައިސާގެ ގޮތުގައި ރާއްޖެއިން ބޭރު ވެގެން ދިޔުން ކަމަށެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއިން ބޭރަށް 75.1 މިލިއަން ޑޮލަރު (1.16 ބިލިއަން ރުފިޔާ) ބޭރުކޮށްފައިވެއެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވުން ވަނީ، 29.1 މިލިއަން ޑޮލަރު މަދުވެ، 201.4 މިލިއަން ޑޮލަރު (3.1 ބިލިއަން ރުފިޔާ)އަށް ދަށްވެފަ އެވެ. މިއަހަރު ފެށުނު އިރު ދައުލަތުގެ ރިޒާވް ހުރީ، 311.3 މިލިއަން ޑޮލަރުގައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ