މަޖިލިސް މުވައްޒަފެއް ކޮވިޑްއަށް ޕޮޒިޓިވްވެ އިދާރާ މޮނިޓަރިންގެ ހާލަތަށް ގެނެސްފި

ރައްޔިތުން މަޖިލިސް އިދާރާގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، މަޖިލިސް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

މަޖިިލީހުގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެތަނުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ ރާއްޖޭގެ އޮންލައިން ނޫހަކަށް ކަށަވަރުކޮށްދެއްވާފައެވެ.

ޒިޔާއު ވިދާޅުވީ، ޕޮޒިޓިވްވެފައިވަނީ އެތަނުގެ މެއިންޓެންސްގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފެއް ކަމަށާއި، އެކަން އެނގުނީ މަޖިލިސް ޖަލްސާ އާއި ކޮމިޓީ ބައްދަލުވުންތައް ވެސް ނިމުނު ފަހުން ކަމަށެވެ. އެކަން އެނގުނު އިރު މަޖިލީހުގައި މެންބަރުން ނެތް ކަމަށް ވެސް ޒިޔާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޕޮޒިޓިވްވި މުވައްޒަފުގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަޖިލީހުން ޕޮޒިޓިވް ވި މީހާ ހިމެނޭ ގޮތަށް މިއަދު ވަނީ އިތުރު 26 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި އިތުރު ހަތް މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ