2019 ވަނަ އަހަރު އެމްޓީސީސީ އަށް ލިބުނު ފައިދާއިން މޫނުމަތީ އަގު ފަސްރުފިޔާގެ ހިއްސާ އަކަށް ދެ ރުފިޔާ ބަހަން އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފިއެވެ.
އެމްޓީސީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިއްޔެ ބޭއްވި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އެކުންފުނީގެ 2019 ވަނަ އަހަރުގެ މާލީ ތަފާސް ހިސާބު ފާސްކޮށްފައިވާ ކަމަށެވެ.
2019 ވަނަ އަހަރު އެކުންފުންޏަށް ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ލިބިފައިވަނީ 53.3 މިލިއަން ރުފިޔާއެވެ. މިއާއެކު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ 2019 ވަނަ އަހަރަށް ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު ފަސް ރުފިޔާގެ ހިއްސާ އަކަށް ދެ ރުފިިޔާ ބަހާގޮތަށް ކުންފުނީގެ އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށެވެ.
މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސްގައި ބަޔާންކުރާ ބުކް ކްލޯޒިން ތާރީހުގެ ނިޔަލަށް ކުންފުނީގެ ހިއްސާ ދާރުންގެ ގޮތުގައި ތިބި ފަރާތްތަކަށެވެ.