ފެން ބިލްތަކަށް ޖޫރިމަނާ ދެއްކުމުގައި އެމްޑަބްލިއުއެސްސީން ލުޔެއް ދީފި

ފެން ބިލަށް އަރާ ޖޫރިމަނާތައް ދެއްކުމުގައި އަނެއްކާވެސް އެމްޑަބްލިއުއެސްސީން ލުޔެއް ދީފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކަސްޓަމަރުންނާ ވީހާވެސް ގާތުން ލުއިފަސޭހަ ހިދުމަތްތައް ފޯރުކޮށްދިނުމަކީ އަބަދުވެސް ކުންފުނީގެ އަމާޒެއް ކަމަށެވެ. އަދި މި މޮޓޯގެ ދަށުން ކަސްޓަމަރުން ބިލް ދެއްކުމުގައި ލުޔެއް ދިނުމުގެ ގޮތުން މދިިޔަ ޑިސެމްބަރު މަހު ވަނީ ހާއްސަ ޕްރޮގްރާމެއް ފަށައިފައެވެ.

“ދަރަންޏަށް ލުޔެއް” ގެ ނަމުގައި ކުރިއަށް ދިޔަ އެ ޕްރޮގްރާމް ކޮވިޑްގެ ފުރަބަންދާ ގުޅިގެން ގިނަ ކަސްޓަމަރުންނަށް ބޭނުން ނުހިފޭކަން ފާޙަގަކުރެވިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

އެހެން ކަމުން އެ ޕްރޮގްރާމް އަންނަ އަހަރުގެ މާޗް މަހާ ހަމައަށް އަލުން ކުރިއަށް ގެންދަން ނިންމައިފައިވާކަން އެމްޑަބްލިއުއެސްސީން މިއަދު ވަނީ އިއުލާންކޮށްފައެވެ. ހުރިހާ ކަސްޓަމަރުންވެސް މަހުން މަހަށް ފައިސާ ދެއްކުމަށް ބާރުއަޅައި އެމްޑަބްލިއުއެސްސީން ވަނީ އެ ކުންފުނިން އަލަށް ދިން ލުޔާއެކު ދައްކަން ޖެހޭ ފައިސާތައް ހަލާސްކުރުމަށް އިލްތިމާސްކޮށްފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ