ޖިމްތައް ހުޅުވާލާއިރު ހިދުމަތްދޭންވާނީ އެޕޮއިންޓްމެންޓަށް، ވަކި ޝެޑިއުލެއްގެ ދަށުން ކަމަށް އެޗްޕީއޭގެ ގައިޑްލައިންގައި ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު އާންމުކުރި ކޮވިޑް-19 އާއި ގުޅިގެން ޖިމް އަދި ފިޓްނެސް ސެންޓަރުތަކުގައި އަމަލު ކުރަންވީ އުސޫލުގައި ބުނެފައިވަނީ ޖިމްތަކާއި ފިޓްނެސް ސެންޓަރުތަކުގެ ހިދުމަތް އެއްވަގުތެއްގައި ހޯދާ މީހުންގެ އަދަދު މަދުކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވާނެ ކަމަށެވެ. އެގޮތުން އެއްވަގުތެއްގައި ހިދުމަތް ހޯދަން ދާނެ މީހުންގެ އަދަދު ކަނޑައަޅައި ޝެޑިއުލެއް ހެދުމަށާއި، ކުރިއަށް އެޕޮއިންޓްމަންޓް ހޯދައިގެން ޖިމަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ގައިޑްލައިންގައި ބުނެފައިވެ އެވެ.
އަދި އެޕޮއިންޓްމެންޓު ދޫކުރާއިރު ކޮވިޑްގެ އެއްވެސް އަލާމަތެެއް ހުރިތޯ ބަލަންވާނެ ކަމަށާއި އެއްވެސް އަލާމަތެއް ހުރިނަމަ ޖިމަށް ނުދިޔުމަށް ކްލަޔަންޓަށް އަންގަންވާނެ ކަމަށާއި، ޖިމުގައި މީހުން އުޅޭއިރު ތިން ފޫޓުގެ ގައިދުރުކަން ކަށަވަރު ކުރަންވާނެ ކަމަށާއި އެޕޮއިންޓުމެންޓު ދޫކުރުމުން، ކްލަޔަންޓުން ގަޑިޖެހުމުގެ ފަސް މިނެޓު ކުރިން ދާންވަނެ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ޝެޑިއުލް އެކުލަވާލާ އެޕޮއިންޓްމެންތު ދޫކުރަންވާނީ ސެޝަންތައް ފަށާގަޑިއައި ނިމޭގަޑިތަކުގައި މީހުން ބައްދަލު ނުވާނެހެން ކަމަށާއިއެއްތަނަކަށް މީހުން ގިނަ ނުވާނެހެން ގަޑިތައް ހަމަޖައްސަންވާނެ ކަމަށް ބުނެފައިވެއެވެ.