ފޮޓޯ: އަވަސް

މެއި މަހު ރާއްޖެއަށް ޕެޓްރޯލް އިމްޕޯޓްކުރި މިންވަރު 42 އިންސައްތަ ދަށަށް ގޮސްފި

މިދިޔަ މެއި މަހު ރާއްޖެއަށް ޕެޓްރޯލް އިމްޕޯޓްކުރި މިންވަރު 42 އިންސައްތަ ދަށަށް ގޮސްފިއެވެ.

ކަސްޓަމްސްއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ރާއްޖެ އިމްޕޯޓްކޮށްފައިވަނީ 247 މިލިއަން ރުފިޔާގެ ޕެޓްރޯލެވެ. މިހެން ވާން ޖެހުނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ފުރަބަންދުކޮށްފައި އޮތް ދުވަސްވަރު ރާއްޖޭގައި ދަތުރު އެއްގަމާއި ކަނޑުގެ ދަތުރުފަތުރުތައް ހުއްޓިފައި އޮތުމުންނެވެ.

ޕެޓްރޯލްގެ އިތުރުން ރާއްޖެ އެތެކުރާ މެރިން ގޭސް އިމްޕޯޓްކުރި އަދަދު ވަނީ 33 އިންސައްތަ ދަށްވެފައެވެ. އެހެން ކަމުން، ފާއިތުވިމަހު ރާއްޖެ އެތެރެކޮށްފައި ވަނީ 1.6 ބިލިއަން ރުފިޔާގެ މެރިން ގޭހެވެެ.

މެރިން ގޭހާއި ޕެޓްރޯލް އެތެރެކުރުން ދަށަށް ދިޔަޔަސް މިދިޔަ މަހު ރާއްޖެ އެތެރެކުރި ފޭސް މާސްކްގެ އަދަދު 6،417 އިންސައްތަ އިތުރު ވިއިރު ހޭންޑް ސެނިޓައިޒާ ފަދަ ތަކެތީން ވަނީ 252 އިންސައްތަ އިތުރުވެފައެވެ. މިދިޔަ މަހު ރާއްޖެ އެތެރެކޮށްފައިވަނީ 60 މިލިއަން ރުފިޔާގެ ފޭސް މާސްކް އާއި 41 މިލިއަން ރުފިޔާގެ ހޭންޑް ސެނިޓައިޒާ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މެއި މަހު އިމްޕޯޓް/އެކްސްޕޯޓް ޑިއުޓީގެ ގޮތުގައި ލިބިފައިވަނީ 117 މިލިއަން ރުފިޔާއެވެ. މިއީ 59 އިންސައްތަ ދަށްވުމެކެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ