ބީބީސީ: އިޓަލީގައި ކޮވިޑް-19 ފެތުރެން ފަށާފައިވަނީ މިދޔަ އަހަރު ޑިސެމްބަރު މަހު ކަމަށް އާ ދިރާސާއެއްގައި ބުނެފިއެވެ.
އިޓަލީގެ ނެޝެނަލް އިންސްޓްޓިއުޓް އޮފް ހެލްތު (އައިއެސްއެސް)އިން ނަޖިސް ފެންތައް ބޭނުންކޮށްގެން ކުރި ދިރާސާއެއްގައި ބުނީ ދެ ސިޓީއަކުން ކޮރޯނާ ވައިރަސްގެ ބައިތައް ފެނިފައިވާ ކަމަށެވެ. އެގޮތަށް ކުރި ދިރާސާގައި ވައިރަސްގެ ޖެނެޓިކް ޓްރޭސް ކުރެވިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހާހަމައަށެވެ.
މީގެ ކުރިން ބެލެވިފައި އޮތް ގޮތުން އިޓަލީގައި ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށީ މިދިޔަ ފެބްރުއަރީ މަހުއެވެ. އަދި ޗައިނާއިން ފުރަތަމަ ކޭސް ފެނިފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުއެވެ.
މީގެ ކުރިން ފްރާންސުންވެސް ބުނީ އެގައުމުގައި ޑިސެމްބަރު މަހު ޓެސްޓްކުރި މީހެއްގެ ސާމްޕަލްއެއް އަލުން މިފަހުން ޓެސްޓްކުރިއިރު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އާ ހޯދުންތަކާއެކު ކުރިން ހީކުރިވަރަށް ވުރެ މާކުރިން ކޮވިޑް ފެތުރެން ފެށިކަން މިހާރު ވަނީ ގަބޫލު ކުރެވިފައެވެ.