އަވަހާރަވެފައިވާ ޕްރިންސެސް ޑަޔާނާގެ ހަޔާތުގެ މައްޗަށް ހަދާ ބަޔޯޕިކް ގައި ޑަޔާނާގެ ރޯލު ކުޅެން ކްރިސްޓެން ސްޓްވާޓް އަށް ހުށައަޅައިފިއެވެ.
“ޓްވައިލައިޓް” ފަދަ ފިލްމުތަކުން މަގްބޫލުކަމެއް ހޯދި ޒުވާން ބަތަލާ ކްރިސްޓެން އެ ފިލްމުގެ ލީޑު ރޯލު ކުޅޭއިރު މި ފިލްމު ޑައިރެކްޓްކުރަނީ ޕަބްލޯ ލެރައިނެވެ.
މި ފަހަރުގެ ޑަޔާނާގެ ވާހަކަ ކިޔައިދޭ ފިލްމުގައި ގެނެސްދޭނީ ޑަޔާނާ އާއި ޕްރިންސް ޗާލްސްގެ ނާކާމިބު ކައިވެނީގެ ހަޔާތުގެ ވާހަކައެވެ.
ޑަޔާނާގެ ހަޔާތަށް ފިލްމެއް ހަދަން އުޅޭކަން އިއުލާންކުރި ނަމަވެސް އެ ފިލްމުގެ އިތުރު ކާސްޓުން އަދި ހާމަކޮށްފައެއްނުވެއެވެ. އަދި ފިލްމުގެ ޝޫޓިން ފަށާނެ ތާރީހާއި ފިލްމުގެ ނަން ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.
ޕްރިންސެސް ޑަޔާނާ އާއި ޕްރިންސް ޗާލްސް 1981 ގައި ކުރެއްވި ކައިވެނި ނިމުމަކަށް އައީ 1992ގަ އެވެ.