އާންމު ހާލަތުގައި ދަތުރުތައް ފެށުމުން ހަތަރު ގަޑިއިރު ކުރިން އެއާޕޯޓަށް ދާންޖެހޭނެ: އެމްއޭސީއެލް

އާންމު ހާލަތުގައި ދަތުރުތައް ފެށުމުން ހަތަރު ގަޑިއިރު ކުރިން އެއާޕޯޓަށް ދާންޖެހޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޓާމިނަލް މެނޭޖަރު އިބްރާހިމް ހުސައިން ވިދާޅުވީ، އެއާޕޯޓަށް ފުުރަންދާ މީހުންނަށް ނިއު ނޯމަލްގައި ހަތަރު ގަޑިއިރު ކުރިންް އެއާޕޯޓަށް ދިޔުމަށް އިލްތިމާސް ކުރާނެ ކަމަށެވެ. މީގެ ކުރިން އެއާލައިންތަކަށް ސްލޮޓު ދިނީ ކޮންމެ 10 މިނެޓަކުން ނަމަވެސް ސޯޝަލް ޑިސްޓެންސިންގެ ފިޔަވަޅުތަކާއެކު ކޮންމެ 20 މިނެޓަކަށް ވަގުތު އިތުރު ވެދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“18 ގަޑިއިރު ތެރޭގައި އަޅުގަނޑުމެން ބަހާލައިގެން މެނޭޖު ކުރެވޭނެ. އެއާލައިންތަކާ ކޯޑިނޭޓު ކުރަމުން މިދަނީ،” އޭނާ ވިދާޅުވި އެވެ.

އާ އަންމު ހާލަތުގައި އެއާޕޯޓު ހުޅުވާލާއިރު 10 އެއާލައިނަކުން ވަނީ ރާއްޖެއަށް ދަތުރު ފެށުމަށް ޝައުގުވެރިކަން ފާޅުކޮށް ސްލޮޓް ބުކްކޮށްފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ