ފޮޓޯ: ސަން

މާލޭ ޖަލު އޮފިސަރުންނާއި ގައިދީން ކޮވިޑް-19 އަށް ޓެސްޓުކުރަން ފަށައިފި

މާލޭ ޖަލުގައި މަސައްކަތްކުރާ މޯލްޑިވްސްް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާއި ގައިދީން ކޮވިޑް-19 އަށް ޓެސްޓުކުރަން ފަށައިފިއެވެ.

ޓެސްޓުކުރަން ފަށާފައިވަނީ މާލޭ ޖަލެއްގައި މަސައްކަތްކުރާ މޯލްޑިވްސްް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ މާލޭ ޖަލުގައި މަސައްކަތްކުރާ އީއެސްޖީ އޮފިސަރެކެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް، އަހްމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ޖަލު އޮފިސަރުންނާ ގައިދީން ކޮވިޑަށް ޓެސްޓުކުރަން ސާމްޕަލް ނަގަމުން އަންނަ އިރު، އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

މީގެކުރިން ވެސް ޖަލުތަކުން އޮފިސަރުންނާއި ގައިދީން ވަނީ ކޮވިޑަށް ޓެސްޓުކޮށްފައެވެ. ރެންޑަމް ސާމްޕްލިންގެ ތެރެއިން އެފަހަރު ޓެސްޓުކުރި އެންމެން ވެސް ވަނީ ނެގެޓިވްފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ