ރާއްޖެއަށް 8،50،000 ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އަމާޒު: ރައީސް

މި އަހަރު ރާއްޖެއަށް 8،50،000 ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ މިހާރުގެ އަމާޒު ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވިދާޅުވީ، އަންނަ މަހުގެ 15 އިން ފެށިގެން ރާއްޖޭގެ ބޯޑަރު ހުޅުވާލާ، ފަތުރުވެރިކަން ފެށޭނެ ކަމަށެވެ. އަދި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަނީ ހުރިހާ ގައުމަކަށް ކަމަށްވެސް ރައީސް ވަނީ މިއަދުގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

އަންނަ މަހުގެ 15 ގައި ފަތުރުވެރިކަމަށް ބޯޑަރު ހުޅުވާލާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނެފައިވަނީ މިހާތަނަށް 10 އެއާލައިނަކުން ރާއްޖެ އަންނަން ނިންމާ، ސްލޮޓު ބުކް ކޮށްފައިވާ ކަމަށެވެ. އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ، އާ އާންމު ހާލަތުގައި ބޯޑަރު ހުޅުވާލާއިރު ފަސިންޖަރުންނަށް ހިދުމަތް ދިނުމަށް ވީއައިއޭ އޮތީ 100 ޕަސެންޓު ތައްޔާރުވެފަ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ބޮޑަރު ހުޅުވާލުމާއެކު ރާއްޖެއަށް ފަތުރުވެރިން އަންނަން ފަށާނީ ޖުލައި ނޫނީ އޮގަސްޓުގައި ކަމަށެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ