ކޮވިޑް-19 އަށް މިއަދު 21 މީހަކު ޕޮޒިޓިވްވިއިރު، އިތުރު 16 މީހަކު އެ ބަލިން ރަނގަޅުވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ، އިއްޔެ 18:00ން މިރޭ 18:00 އާ ހަމަޔަށް ކޮވިޑް-19އަށް އިތުރު 21 މީހަކު ވަނީ ޕޮޒިޓިވްވެފަ ކަމަށެވެ. މިރޭ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 2،238 އަށް އަރައިފައެވެ.
އެޗްޕީއޭއިން ހާމަކުރިގޮތުގައި އިތުރު 16 މީހަކު ބަލިން ރަނގަޅުވުމާއެކު ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1،829 އަށް އަރައިފަ އެވެ. ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ބައްޔަށް ފަރުވާ ދެވެމުން ދަނީ 396 މީހަކަށެވެ.
މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19 ކޭސްއެއް ފެނިފައިވަނީ އޭޕްރިލް 15 ވަނަ ދުވަހު އެވެ.