ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އިންޑިއާއިން: ރައީސް

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ގައުމަކީ އިންޑިއާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، ފައިސާގެގޮތުން ކަމުގައި ވިޔަސް، ކާބޯތަކެތީގެ ގޮތުން ވިޔަސް، ބޭހުގެ ގޮތުން ވިޔަސް ކޮވިޑް-19އާ ގުޅިގެން މިހާތަނަށް ރާއްޖެއަށް އެންމެ ބޮޑު އެހީއެއްވީ އިންޑިއާއިން ކަމަށެވެ.

އިންޑިއާއިން މި ފަހުން ފޯރުކޮށްދީފައިވާ އެހީތެރިކަމެއް ރައީސް ފާހަގަ ކުރެއްވިއެވެ. އެއީ ކޮވިޑްއާ ގުޅިގެން ބޭސްފަރުވާއަށް ދަތުރު ނުކުރެވި ތިބި 37 ދިވެއްސަކު ބޭސްފަރުވާ ހޯދަން އިންޑިއާއަށް ދާން ފުރުސަތު ފަހިކޮށްދިނުމެވެ.

ކުރިއަށް އޮތްތަނުުގައިވެސް އިންޑިއާގެ އެހީތެރިކަން އެކި ކަންކަމުގައި ރާއްޖެއަށް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ