ރާއްޖޭގައި ކޮމިއުނިޓީ ބްރޯޑްކާސްޓިން ހިދުމަތް ތައާރަފުކުރަނީ

ރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅާފައިވާ ކޮމިއުނިޓީ ބްރޯޑްކާސްޓިން ހިދުމަތް ތައާރަފުކުރުމަށް ޕައިލެޓް ޕްރޮޖެކްޓް ފެށުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އިން ތައްޔާރުވެއްޖެއެވެ.

ބްރޯޑްކޮމް އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮމިއުނިޓީ ބްރޯޑްކާސްޓިން ހިދުމަތް ފެށުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ވަގުތީގޮތުން ހިދުމަތް ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ހިންގާނެ ކަމަށެވެ.

އެއީ ރާއްޖޭގައި ކޮމިއުނިޓީ ބްރޯޑްކާސްޓިން ހިދުމަތް ރާއްޖޭގައި ދިނުމުގެ ލައިސެންސް ދިނުމުގެ ކުރީން އާންމު ރައްޔިތުން އަހުލުވެރިކުރުމުގެ ގޮތުން ފަށާ ޕައިލެޓް ޕްރޮޖެކްޓެއް ކަމަށް ބްރޯޑްކޮމް އިން ވަނީ ބުނެފައެވެ.

ބްރޯޑްކޮމް އިން އިތުރަށް ބުނެފައިވަނީ އެ ޕްރޮޖެކްޓުގެ އެހީގައި ރާއްޖޭގެ މާހައުލުގައި ހިދުމަތްދިނުމުގައި ހިދުމަތް ދޭ ފަރާތްތަކުން ގެންގުޅެންޖެހޭ މިންގަނޑުތަކާއި ހަމަތައް ކަނޑައެޅުމާއި ހިދުމަތަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރު ދެނެގަނެވޭނެ ކަމަށެވެ.

އެއާއެކު ބްރޯޑްކޮމް އިން ވަނީ ޕައިލެޓް ޕްރޮޖެކްޓުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެކަމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި އެ މަޝްރޫއުގައި ބައިވެރިވާ ފަރާތްތަކުން އަމަލުކުރަން ޖެހޭގޮތުގެ އުސޫލު ވަނީ ބްރޯޑްކޮމް އިން އާންމުކޮށްފައެވެ.

 

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ