ނަޝީދުއެވެ. ތެލެސީމިއާ ކުދިންނަށް ވަަގުތުކޮޅެއް ނުދެވުނު ހަމައެކަނި ރައީސަކީ ތީއީއެވެ!

ތެލެސީމިއާ ސެންޓަރާއި ތެލެސީމިއާ ކުދިންނަށް އިހުމާލުވާ ވާހަކަ ސޯޝަލް މީޑިއާގައި ފަހަކަށް އައިސް ވަނީ ވަރަށް ގަދަވެފައެވެ.

ސަރުކާރުގެ އިދާރާއެއްގެ އިހުމާލުގެ ވާހަކަ ސޯޝަލް މިޑީއާގައި ފަތުއަޑު ކިޔާފާ ގަދަވުމުން އެކަމަށް ހައްލު އަވަސްވެގެންދެއެވެ. އެކަމަށް ލިބޭ ސަމާލުކަން އަވަސްވެއެވެ. ހާއްސަކޮށް ޓްވިޓާރގައި އެވާހަކައެއް ދެކެވެން ފަށާއިރަށް ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަމެއް އާދެއެވެ. އެގޮތުން އެކަމަކާއި ގުޅިގެން ސިޔާސީ ބޭފުޅުން އެކަމަކަށް “ރިއެކްޓު” ކުރެއެވެ. އަދި އެކަމަށް އަވަސް ފިޔަވަޅެއް އަޅާކަން ދެއްކުމަށް އަވަސްވެގަނެއެވެ. އެގޮތުން މިފަހަރު މިހެން މިދިމާވީ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މުހައްމަދު ނަޝީދު އަށެވެ.

ތެލެސީމިއާ ސެންޓަރަށް ނަޝީދު ކުރި ޒިޔާރަތުގައި ހުރިހާ ކަމެއްވެސް ދިޔައީ ރޭވިފައިވާ ގޮތަށެވެ. ފަހަރު އެނދެއް ކައިރިއަށް ވަޑައިގެން ތެލެސީމިއާ ކުދިންގެ ކައިރިއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ގެންދެވިއެވެ. އެކުދިންގެ ފަރާތުން ނަޝީދުއަށް ޝުކުރު އަދާ ކުރިއެވެ. ސަރުކާރުގެ އިސް ބޭފުޅެއް ތެލެސީމިއާ ކުދިން ކައިރިއަށް ވަޑައިގަތުމުން އުފާވާ ކަމަށް ބުނިއެވެ. އެހެނަސް މިއުފާވެރިކަމަށް ނިމުން ގެނައުވީ ހަމަ އެދުވަހު ޓްވިޓާރ ގައި އެތަނުން ބޭފުޅެއް ލިޔުއްވާފައިވާ އަސަރުގަދަ ޓްވީޓަކުންނެވެ. ނަޝީދުއާއި މެދު އޮތް ހިތްހަމަ ނުޖެހުން ފާޅުކުރައްވާ ބަންޑުން ކޮށްލި ޖަޒުބާތުން ނަޝީދު “ފަޟީހަތްވީ”އެވެ.

“ތެލެސީމިއާ ކުދިންގެ ކަންބޮޑުވުންތަކާއި އެކުދިންނަށް ދިމާވާ ގޮންޖެހުންތައް ހިއްސާކުރަން އެޕޮއިންޓްމަންޓެއް ހަމަނުޖެހުނު ހަމައެކަނި ރައީސަކީ، ރައީސް ނަޝީދު”

މިއީ ބޮޑު އިލްޒާމެކެވެ. އިންސާނިއްޔަތު ކަމުގެ ޗެންޕިއަން ކަމަށް ވިދާޅުވާ ނަޝީދު ތެލެސީމިއާ ކުދިންގެ ޝަކުވާ އަޑުއައްސަވަން ވަގުތު ނުދެވުނު ވާހަކަ އަކީ ގިނަ ބަޔަކު ފާހަގަ ކުރި ކަމެކެވެ. ތެލެސީމިއާ ކުއްޖެއްގެ މިޝަކުވާ އަކީ “ނަޝީދުގެ އިންސާނިއްޔަތު ކަމެއް ނެތްކަން” ބައެއް ފަރާތްތަކުން ފާހަގަ ކުރާ ކަމެކެވެ. ސިޔާސީ ސަބަބު އޮވެގެން ނޫނީ “އިންސާނިއްޔަތު ކަމުގެ ޑްރާމާ” ކުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް ލިބުނު އިތުރު ބާރެކެވެ.

އަމިއްލަ އަށް އިސްތިއުފާ ދެއްވި ރައީސް ނަޝިދުގެ ވެރިކަމުގައި ތެލެސީމިއާ ކުދިންނަށް ވަގުތުކޮޅެއް ހުސް ނުކުރެވުނު ވާހަކަ ޒުވާނާ ތަފްސީލް ކޮށްދިނެވެ. “ތެލެސީމިއާ ކުދިންގެ ކަންބޮޑުވުންތަކާއި އެކުދިންނަށް ދިމާވާ ގޮންޖެހުންތައް ހިއްސާކުރަން އެޕޮއިންޓްމަންޓެއް ހަމަނުޖެހުނު ހަމައެކަނި ރައީސަކީ، ރައީސް ނަޝީދު. އެހެންކަމުން ތެލެސީމިއާ ކުދިންގެ ހާލު ބަލަން ރައީސް ނަޝީދު ވަޑައިގަންނަވަންވީ މިއަދު ނޫން.” ކަމަށެވެ. އަދި ތިޔަ ވަޑައިގަތީ “12 އަހަރު ފަހުން.” ކަމަށާއި “މަނިކުފާނު އަޅުގަނޑުމެންގެ ގާތަށް ވަޑައިގަންނަވަންވީ ރާއްޖޭގެ ރައީސްކަމުގައި ހުންނެވި އިރު. އަޅުގަނޑުމެން މަސައްކަތް ކުރިން ނަމަވެސް އެއިރު މަނިކުފާނަށް ވަގުތެއް ނުވި،” ކަމަށް އަސަރާއި އެކު ޒުވާނާ ޓްވީޓްގައި ބުނެފައިވެއެވެ.

ޒުވާނާގެ ޓްވީޓުން އެއްކަމެއް ފާހަގަވިއެވެ. ޓެލެސީމިއާ ސެންޓަރަށް ނަޝީދު ކުރި ޒިޔާރަތަކީ ކުޅުނު ޑްރާމާއެކެވެ. އެޒުވާނާ ފާހަގަ ކުރި ފަދައިން “މަނިކުފާނު ތެލެސީމިއާ ސެންޓަރަށް ކުރެއްވި ޒިޔާރަތުން ފެނިވަޑައިގަންނަވާނީ، ސެންޓަރުގެ ވެރިން މަނިކުފާނަށް ދައްކަވަން ބޭނުންވި އެއްޗެއް.” ކަމަށެވެ. އަދި އެޒުވާނާ ވަނީ ބުނެފައިވަނީ ވަޑައިގަތުމުގެ ކުރިން، ސެންޓަރުގެ އަސްލު ހާލަތު ވަނީ ފޮރުވާކަމަށް ތުހުމަތުކޮށްފައެވެ. އެހެންވެ އެޒުވާނާ ލަފާދީފައިވަނީ ދެން ފަހަރަކުން ކުއްލި ޒިޔާރަތެއް ކުރުމަށެވެ. އޭރުން “ބޮޑު މަަންޒަރު ފެނިވަޑައިގަންނަވާނެ،” ކަމަށެވެ.

“ބޭނުންވާ ފޮޓޯގަނޑު” ހޯދުމަށް މިފަދަ ޒިޔާރަތްތައް ކުރި ނަމަވެސް ގިނަ ފަހަރު މިޒިޔާރަތްތަކުން ކަންކަން ހައްލުވެގެން ނުދާކަން ގިނަ ބަޔަކު ފާހަގަކުރަނީ ސަބަބުތަކެއް ހުރެގެންނެވެ. ޕީއާރު ސްޓަންޓަކަށް މިފަދަ ޒިޔާރަތްތަށް ކުރުމުގެ ނަތީޖާއަކީ އެބޭފުޅެއްގެ ޚަބަރާއި ފޮޓޯ ނޫސްތަކަށް އެރުމަށްވުރެ ބޮޑުކަމެއް ނުވެއެވެ. މަދު ފަހަރަކު މި ޒުވާނާ ފަދައިން “ހިތުގެ އަޑިން” ބުނަން ބޭނުންވާ އަސްލު ވާހަކަ ހާމަކުރެއެވެ. އެހެން ނޫނީ ސަލާން ގަލާން ކޮށްލާ ނިންމާލަނީ އެވެ. އެކަން މިޒުވާނާވެސް ވަނީ ފާހަގަ ކޮށްފައެވެ. އެޒުވާނާ ބުނީ ތެލެސީމިއާ ކުދިންގެ ޝަކުވާތަކުގެ އަޑު އެހުމުގެ ބަދަލުގައި ރައީސް ނަޝީދު ބޭނުންފުޅުވީ އެތަން ދޫކުރައްވައި އަވަހަށް ވަޑައިގެންނެވީ ކަމަށެވެ.

 

  • ޝުކުރު އަދާކުރެވޭކަށް ނެތް:

“މަނިކުފާނު ތެލެސީމިއާ ސެންޓަރަށް ވަޑައިގަތުމުން އުފާވި، އަދި އެކަން ބަލައިވެސް ގަންނަން. އެކަމަކު އަޅުގަނޑުގެ އެހެން އެކުވެރިން މަނިކުފާނަށް ޝުކުރު އަދާކުރި ގޮތަށް، އަޅުގަނޑަށް އެކަން ކުރެވޭކަށް ނެތް.”

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ