މާލެ ސަރަހައްދު ފުރަބަންދު ކުރުމާ ގުޅިގެން 44 ޕަސެންޓް މީހުން ވަޒީފާއަށް ގޮސްފައެއް ނުވޭ!

މާލެ ސަރަހައްދު ފުރަބަންދު ކުރުމާ ގުޅިގެން 44 ޕަސެންޓް މީހުން ވަޒީފާއަށް ގޮސްފައެއް ނުވާކަމަށް ސާވޭއަކުން ދައްކައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ދިވެހި ގައުމީ ޔުނިވަސިޓީ އިން ކޮވިޑް19 އާއި ގުޅިގެން އިޖްތިމާއީ އަދި އިގްތިސޯދީ ކަންކަމަށް ކުރި އަސަރު ދެނެގަތުމަށް ކުރި މިސާރވޭއިން އެނގިފައިވަނީ ގޭގައި ތިބެގެން 37 ޕަސެންޓް މީހުން މަސައްކަތް ކޮށްފައިވާކަމަށާއި 8 ޕަސެންޓް މީހުން ވަނީ ހަފްތާއަކު ދެތިން ފަހަރު ވަޒީފާއަށް ނުކުމެފައެވެ. ފުރަބަންދުގައި ވެސް ގަވާއިދުން މަސައްކަތަށް ނުކުމެފައި ވަނީ 11 ޕަސެންޓު މީހުންނެވެ.

މިސާރވޭގައި އިތުރަށްވާ ގޮތުގައި ސާވޭގައި މައުލޫމާތު ހިއްސާކުރި ބައިވެރިިންގެ ތެރެއިން ކޮންމެ 10 މީހަކުން އެކެއްގެ އާމްދަނީ ލިބޭނެ މަގު ވަނީ މުޅިން ބަންދުވެފައިވާކަމަށެވެ، އަދި ކުރިއަށް އޮތް މަހުގެ ތެރޭގައި ވަޒީފާ ގެއްލުމުގެ ފުރުސަތު އޮތް ކަމަށް ވެސް 10 މީހަކުން އެކަކު ވަނީ ބުނެފައިވެއެވެ. އަދި ކޮންމެ 10 މީހަކުން ތިން މީހެއްގެ މުސާރަ ކުޑަކޮށްފައިވާއިރު ކޮންމެ 10 މީހަކުން ފަސް މީހަކަށް ވަޒީފާގެ ޔަގީންކަން އޮތެވެ.

މި ސާވޭގެ ފުރަތަމަ ބުރުގައި 2،871 ބައިވެރިޔަކު ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި އެ ސާވޭގެ އިތުރު ހޯދުންތައް އެޗްޕީއޭގެ ފަރާތުން މިހާރު އަންނަނީ އާންމުކުރަމުންނެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ