ހުޅުމާލެ ރޭޕްކޭހުންވެސް ފެންނަނީ މިސްރާބު ގޯހުންދާތަންކަމަށް ޝީދާތާ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ފޭސްބުކްގައި ވިދާޅުވީ “ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ވެސް ފެންނަނީ މިސްރާބު ގޯހުންދާތަން” ކަމަށެވެ.
“މިހާރު އަޑު އިވެނީ ރޭޕްގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ނުފޫޒުގެ ސަބަބުން ގާނޫނު އަރާ ހަމަ ނުކުރެވިގެން އުޅޭ ވާހަކަ. ޖިންސީ އަނިޔާ ކުރާ މީހުން ކުރާ އަމަލު ކުށަކަށް ނުވެގެން ދޫވެގެންދާ ވާހަކަ،” ކަމަށް ޝިދާތާ ވިދާޅުވިއެވެ.
ޝިދާތާ ޖެންޑާ މިނިސްޓާރ ކަމުން އިސްތިއުފާ ދީފައިވަނީ މަޖިލީހަށް ހާޒިރުކޮށް އިތުބާރު ނެތްކަމަށް ވޯޓް ނަގަން ތައްޔާރުވަމުންދަނިކޮންނެވެ. އަދި ޖެންޑާ މިނިސްޓްރީ ކުރިމަތީ ޝިދާތާގެ އިސްތިއުފާއަށް ގޮވާ މުޒާހަރާ ކުރަމުން ދިޔަ ދުވަސްވަރެއްގައެވެ. މިކަމަށް އިޝާރާތްކޮށް ޝިދާތާ ވަނީ އޭނާގެ ޝުއޫރު ބަންޑުން ކޮށްލާފައެވެ. “އޭރު އަޅުގަނޑުގެ އޮފީސް ދޮށުގައި މުޒާހަރާ ކުރި މީހުން މިއަދު ފެންނާކަށް ނެތް. މީޑިއާތަކުގައި މި ވާހަކަތައް ކެކެނީ ވަރަށް ހޫނު މަޑުކޮށް،” ކަމަށް ޝިދާތާ ވިދާޅުވިއެވެ.
ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މިމައްސަލާގައި ބާރުގަދަ ބައެއްގެ އަތެއް ވާކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފައިވަނިކޮން މިމައްސަލާގައި ހިމެނޭ 2 މީހުން ވަނީ ދޫކޮށްލާފައެވެ.