ކޮވިޑް19 ގެ ސަބަބުން ސިނަމާއަށް ނުގެނޭވޭނެތީ “ސަދަކް 2” ޑިޖިޓަލްކޮށް ރިލީޒްކުރަން ނިންމައިފިއެވެ.
1991 ގައި މަހޭޝް ބަޓް އުފެއްދި ކާމިޔާބު ފިލްމު “ސަދަކް”ގެ ސީކުއަލްގެ މައްޗަށް އުފައްދާ “ސަދަކް 2” ގައި ފެނިގެންދާނީ ކުރީގެ ފިލްމުގައިވެސް ލީޑް ރޯލުން ފެނިފައިވާ ސަންޖޭ ދަތާއި ޕޫޖާ ބަޓް އައި އާލިއާ ބަޓް، އަދިތުޔާ ރޯއި ކަޕޫރު އެވެ.
“ޑިޖިޓަލް ރިލީޒްއަކަށް ދިއުން ނޫން ގޮތެއް ނެތް” ކަމަށް ފިލްމުގެ އެއް ޕްރޮޑިއުސަރު މުކޭޝް ބަޓް ބުނެފައިވާއިރު ކުރިން މިފިލް ރިލީޒްކުރަން ހަމަޖެހިފައި އަންނަ ޖުލައި 10 ވަނަ ދުވަހު ސިނަމާތަކުގައެވެ.
މި ފިލްމުތައް ސިނަމާތަކުގައި ރިލީޒްކުރަން މަޑުނުކޮށް ސީދާ ޑިޖިޓަލް ރިލީޒްއަކަށް ދާތީ ސިނަމާތަކުގެ ވެރިން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.”