އެމްއޭސީއެލްގައި އެމްޑީއެއް ނެތްތާ ދެ އަހަރަށްފަހު ސީއީއޯ އަދި އެމްޑީ އަކަށް އިނގިރޭސިއެއް ރައްޔިތެއް ހަމަޖައްސައިފިއެވެ.
އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެމަގާމަށް އައްޔަން ކުރީ އޭވިއޭޝަން ދާއިރާގެ 20 އަހަރު މަސައްކަތްކޮށް ތަޖުރިބާ ހޯދާފައިވާ ގޯޑަން އެންޑްރޫ ސްޓީވާޓް އެވެ.
މީގެ ކުރިން އެމަޤާމުގައި ހުންނެވީ އާދިލް މޫސާ އެވެ. އާދިލް އެމަގާމުން އިސްތިއުފާ ދެއްވީ ސަރުކާރު ބަދަލުވުމާއި ގުޅިގެން 2018 ގައެވެ.