އާދީއްތަ ދުވަހު ސަރުކާރުގެ ހުރިހާ އިދާރާއެއް އާންމުކޮށް ހުޅުވާލަނީ

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ އިދާރާތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، މި މަހުގެ ފަހެއްވާ އާދީއްތަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުއްވައިގެން މަސައްކަތް ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ސަރުކާރު އޮފީސް ހުޅުވާފައި ހުންނާނީ ކުރިއެކޭ އެއްގޮތަށް ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ކަމަށެވެ.

މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ސަރުކާރު އޮފީސްތައް ހުޅުވަން ރައީސް ނިންމެވިއެވެ. ނަމަވެސް ފަހުން ރައީސް ވަނީ އެ ނިންމެވުމަށް ބަދަލުގެންނަވައިފައެވެ.

ރައީސް އޮފީހުން ކުރިން ބުނެފައި ވަނީ ސަރުކާރުގެ އޮފީހެއް ހުޅުވައިގެން ހިދުމަތްތައް ދޭނީ އެ އޮފީހަކުން ދޭ ހިދުމަތްތަކުގެ ތަފްސީލު ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް ހުށަހަޅައި، އެ އެޖެންސީން ކަނޑައަޅާ ގޮތެއްގެ މަތިން އަދި އެ އެޖެންސީން ކަނޑައަޅާ މިންގަނޑުތަކާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ