ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ފްލެޓްތައް ޕީޕީއެމް، ޕީއެންސީގެ ބޭފުޅުނަށް ދައްކާލަން އެދެފިއެވެ.
އެ ފްލެޓްތައް ދައްކާލުމަށް އެދި ޕީޕީއެމް، ޕީއެންސީއިން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަންއަށް ފޮނުވާފައިވާ ސިޓީއެއް މިއަދު ޕީޕީއެމްއިން ވަނީ އާންމުކޮށްފައެވެ. އެ ސިޓީގައި ބުނީ އެ ފްލެޓްތަކާމެދު ދިވެހި ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހާމަކޮށް އެކަން އެ ކޯލިޝަންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
ފުލެޓްތައް އެއްކޮށް ނުނިންމައި ރައްޔިތުންނަށް ދޭން ނިންމުމާ ގުޅިގެން އިދިކޮޅުން ސަރުކާރަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ފިނިޝިންއާއެކު ފްލެޓްގެ ހުރިހާ މަސައްކަތްތަަކަށްވެސް ނިމިގެން ދިޔަ ސަރުކާރުގައި ފައިސާ ހަމަޖައްސައިފައިވާކަމަށްވެސް ވަނީ ބުނެފައެވެ.