މޯލްޑިވިއަން އިން އޮންލައިން ޗެކްއިންގެ ހިދުމަތް ތައާރަފު ކޮށްފި

ކޮވިޑް-19 އާއި ގުޅިގެން މޯލްޑިވިއަން އިން އޮންލައިން ޗެކްއިންގެ ހިދުމަތް ތައާރަފު ކޮށްފިއެވެ.

އެތެރޭގެ ދަތުރުފަތުރުގެ ހިދުމަތް މެދުކަނޑާލާފައި އޮތުމަށްފަހު އާ އާންމު ހާލަތުގެ ތިންވަނަ މަރުހަލާގައި އިއްޔެ އިން ފެށިގެން މޯލްޑިވިއަން އިން ވަނީ އެ އެއާލައިނުގެ ޝެޑިއުލް ދަތުރުތައް ފަށައިފައެވެ. މި ހާލަތުގައި އެއާޕޯޓަށް ގޮސް ކިޔުގައި ޖެހުމުގެ ބަދަލުގައި ގޭގައިތިބެގެން ފަސޭހަކަމާޢެކު އޮންލައިން ކޮށް ޗެކްއިން ކުރެވޭނެ އިންތިޒާމު އެ އެއާލައިނުން ވަނީ ހަމަޖައްސައިފައެވެ.

މޯލްޑިވިއަން އިން ބުނީ ޑޮމެސްޓިކް ދަތުުރތަކުގެ 12 ގަޑިއިރު ކުރިން އޮންލައިން ޗެކްއިން ވެވޭނެ ކަމަށާއި އޮންލައިން ޗެކްއިން ބަންދުވާނީ ފްލައިޓުގެ ހަތަރު ގަޑިއިރު ކުރިން ކަމަށެވެ. އިންޓަނޭޝަނަލް ދަތުރެއްނަމަ 48 ގަޑިއިރު ކުރިން އޮންލައިން ޗެކްއިން ވެވޭނެ ކަމަށާއި ފްލައިޓުގެ ހަތަރު ގަޑިއިރު ކުރިން އޮންލައިން ޗެކްއިން ބަންދުވާނެ ކަމަށް ވެސް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

ޑޮމެސްޓިކް ފްލައިޓުތަކަށް އީ ބޯޑިންޕާސް އެއް ލިބޭނެެއެވެ. އޮންލައިންކޮށް ޗެކްއިންވާ ފަސިންޖަރުން ޑިޕާޗާގެ އެއް ގަޑިއިރު ކުރިން ޗެކްއިން ލަގެޖުތައް ބޭގް ޑްރޮޮޕް ކައުންޓަރަށް ގެންދަން ޖެހޭނެއެވެ.

އާ އާންމު ހާލަތުގައި ދަތުރުތައް ފެށިނަމަވެސް އެޗްޕީއޭގެ އެންގުންތަކަށް ބޯލެނބުމަށް މޯލްޑިވިއަންއިން އިލްތިމާސް ކުރެއެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ