ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ބަތަލާ އައިޝަތު ރިޝްމީ ވަނީ ފިލްމީ ތަރި ޖުމައްޔިލް ނިމާލްގެ ރޭޕްގެ މައްސަލަ މީގެ 4 އަހަރު ކުރިން އަޑުއިވިފައިވަނީ މުޅިން އެހެން ގޮތަކަށް ކަމަށް ބުނެ ޓްވީޓްކޮށްފައެވެ.
ރިޝްމީ ޓްވީޓް ކޮށްފައިވަނީ ޖުމައްޔިލް ރޭޕް ކުރިކަމަށް ތުހުމަތު ކުރެވޭ ޒަހޫ ނަދީމްގެ ޕޯސްޓް ރީޓްވީޓް ކުރުމަށްފަހު އެވެ. އަދި އަޑު އިވިފައިވަނީ މުޅިން ދޮގު ކަމަށްވެސް ރިޝްމީގެ ޓްވީޓްގައި ބުނެފައި ވެއެވެ. ރިޝްމީ ވަނީ ޖުމައްޔިލްއަށް ތުހުމަތު ކުރެވޭ ރޭޕްގެ މި މައްސަލަ ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައެވެ.
ފިލްމީ ތަރި ޖުމައްޔިލް ނިމާލްގެ ރޭޕްގެ މައްސަލަ ފެންމަތިވެގެން ގޮސްފައިވާ އިރު، ފިލްމީ ދާއިރާއަށް ނިސްބަތްވާ ގިނަ ފަރާތްތަކުން ދަނީ އޭނާގެ މި އަމަލް ކުއްވެރިކޮށް ސޯޝަލް މީޑިއާގައި ގިނަ ޕޯސްޓްތަކެއް ލިޔަމުންނެވެ.
ރިޝްމީގެ ޓްވީޓްގައި އިތުރަށް ބުނެފައިވަނީ، ރޭޕް ކުރިކަމަށް ތުހުމަތު ކުރެވޭ ކުއްޖާއަށް އިންސާފު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށާއި ވިކްޓިމްގެ ފަރާތުން ހަގީގަތް އޮޅުން ފިލާފައިވާ ކަމަށެވެ.
ޖުމައްޔިލް ރޭޕް ކުރިކަމަށް ތުހުމަތު ކުރެވޭ ކުއްޖާ ވަނީ އޭނާގެ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. ޖުމައްޔިލްއާއި ދެބެއިންގެ ދެ ދަރި އެ ކުއްޖާ ބުނެފައިވަނީ، 2016 ވަނަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ޖުމައްޔިލް އެ އަމަލު އޭނާއާ މެދު ހިންގި އިރު، އޭނާގެ އުމުރަކީ 17 އަހަަރު ކަމަށެވެ.