ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓު ކުރި މިންވަރު އިތުރުވެއްޖެ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓު ކުރި މިންވަރު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާރާ އަޅާބަލާއިރު އިތުރުވެފައިވާކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ކުއާޓާލީ އިކޮނޮމިކް ބުނެޓިންގައި ބުނީ އަހަރުގެ ފުރަތަމަ ތިންމަހު ރާއްޖޭގެ މަސް ޕްރޮސެސްކުރާ ކުންފުނިތަކުން މަސް ގަތް މިންވަރު މަދު ކަމަށެވެ. ނަމަވެސް މި މުއްދަތުގައި ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓު ކުރި މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު ކަމަށް އެމްއެމްއޭގެ އިކޮނޮމިކް ބުލެޓިންގައި ބުނެފައިވެއެވެ.

އަހަރުން އަހަރަށް ބަލާނަމަ މަސް އެކްސްޕޯޓުކުރި މިންވަރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހަތަރު ޕަސެންޓް އިތުރުވެފައިވެއެވެ. މި މުއްދަތުގައި 17,483.5 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓުކޮށްފައިވެއެވެ. އޭގެ ތެރޭ ހިމެނެނީ ކަޅުބިލަމަހުގެ އިތުރުން ދަޅުމަހާއި ޕައުޗްގައި ބަންދުކޮށްފައިވާ މަހެވެ.

މި މުއްދަތުގައި ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓު ކުރި މިންވަރު ވަނީ ދަށް ވެފައެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައިވެސް މަސް ޕްރޮސެސް ކުރާ ކުންފުނިތަކުން މަސް ގަންނަ މިންވަރު މަދުވި ކަމަށާއި، އަހަރުން އަހަރަށް ބަލާނަމަ މި އަދަދު 19 ޕަސެންޓް ދަށްވެފައިވާ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ