ރައީސް އިސްނަންގަވައި ވީއޯސީ ޖަމިއްޔާ އާއި ބައްދަލުކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަމިއްލަފުޅަށް އިސްނަންގަވައި، ޖިންސީ އަނިޔާއާ ދެކޮޅަށް އަޑު އުފުލާ ވޮއިސް އޮފް ޗިލްޑްރެންއާ ބައްދަލު ކުރައްވައިފިއެވެ.

ވީއޯސީ އަކީ، މިއަހަރު ކުރީކޮޅު ކަނޑުހުޅުދޫގައި އުމުރުން ދެއަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި އަޑުއުފުލުމަށް އުފެދުނު ހަރަކާތެެކެވެ. މިހާރުވެސް ޖިންސީ އަނިޔާއާ ދެކޮޅަށް މާލޭގައި މުޒާހަރާ ކުރަމުންދާ އެ ހަރަކާތް މިދިޔ ހަފްތާގައި ވަނީ ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމަކީ، ރައީސް އަމިއްލަފުޅަށް އެދިވަޑައިގެން ބޭއްވި ބައްދަލުވުމެއް ކަމަށް އެ ޖަމްއިއްޔާގެ ފައުންޑާވަނީ އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ވިދާޅުވެފައެވެ. އަދި އެ ބައްދަލުވުމުގައި ޖިންސީ އަނިޔާގެ މައްސަލައިގައި ރައީސް ސޯލިހްގެ ކަންބޮޑުވުންވެސް އޮތްކަން ފާހަގަކުރައްވައި އެކަމުގައި މުހިންމު އިސްކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަަމަށް ކޫ ވިދާޅުވިއެވެ.

ވީއޯސީން ވަނީ މިފަހުން ޖިންސީ އަނިޔާއާ ދެކޮޅަށް މާލޭގައި މުޒާހަރާތައްވެސް ބާއްވާފައެވެ. ރައީސް ސޯލިހް އެ މުޒާހަރާތަކުގެ އަޑުތައް އައްސަވާ ކަމަށާއި މުޒާހަރާ ކުރުމަކީ، ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ކަމަށްވެސް ރައީސް އެ ބައްދަލުވުމުގައި ފާހަގަކުރެއްވި ކަމަށް ކޫ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީވެސް ބައިވެވަޑައިގެންނެވި އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ