ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ޕީސީއާރު ޓެސްޓް ހަދަން ފަށައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ޕީސީއާރު ޓެސްޓް ހަދަން ފަށައިފިއެވެ.

އެ ހޮސްޕިޓަލުން ބުނީ ހޮސްޕިޓަލުގެ ލެބް ޓެކްނޮލޮޖިސްޓުން އައިޖީއެމްއެޗުގައި ތިން ހަފްތާގެ ތަމްރީނު ޕްރޮގުރާމެއް ފުރިހަމަ ކޮށްފައިވާނެ ކަމަށެވެ.

ކޭއާރުއެޗުގައި ހުރި ޕީސީއާރު މެޝިނުން ދުވާލަކު 72 ސާމްޕަލް ޓެސްޓް ކުރެވޭނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ. އެ ހޮސްޕިޓަލުން ބުނީ މިވަގުތު އެކަމަށް ބޭނުންވާ ތަމްރީނު ފުރިހަމަ ކޮށްފައި ވަނީ ދެ ލެބް ޓެކްނޮލޮޖިސްޓުން ކަމަށް ވާތީ ފުލް ކެޕޭސިޓީގައި އަދި އޮޕަރޭޓް ނުކުރެވޭނެ ކަމަށާއި ނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު މުވައްޒަފުން ތަމްރީނު ވެގެން ދާނެ ކަމަށެވެ.

ޑަބްލިއުއެޗްއޯއިން ފަންޑު ކޮށްގެން ކުރިއަށް ގެންދިޔަ ޕީސީއާރު ލެބްގެ މަސައްކަތް ކޮށްފައި ވަނީ ވޭވް ލެންތު ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުންނެވެ.
ޕީސީއާރު މެޝިންއާއި ގުޅޭ ސާމާނުތައް 17 ޖޫންގައި ކޭއާރުއެޗަށް ވަނީ ލިބިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ