ފޮޓޯ: އަވަސް

މުއްދަތު ހަމަވެގެން ނައްތާލާ ކުނިން ޓަނަކަށް ނަގާނީ 2،700 ރުފިޔާ: ވެމްކޯ

މުއްދަތު ހަމަވެގެން އަދި ކުނިވެ، ހަލާކުވާ ތަކެތި ވޭސްޓް ޓްރާންސްފާ ސްޓޭޝަނުން ނައްތާލާއިރު ޓަނަކަށް ނަގާނީ 2،700 ރުފިޔާ ކަމަށް ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަންއިން ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ވޭސްޓް ޑިސްޕޯސަލް ހިދުމަތަށް ގެނެސްފައިވާ ބަދަލުތަކާ ގުޅޭގޮތުން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މުދާ ނައްތާލުމުގެ އުސޫލަށް ގެނައި ބަދަލާއެކު، ނައްތާލުމަށް ބޭނުންވާ ތަކެތި މަދު އަދަދަކަށް ހިމެނޭ ފަރާތްތަކުން މާލޭ ޓްރާންސްފާ ސްޓޭޝަނަށް ނައްތާލުމުގެ ހިދުމަތަށް އެދި ހުށަހެޅުމުން އެކަމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

ވެމްކޯއިން ބުނީ މިކަމަށް ނަގާނެެ ފީއަކީ ޖީއެސްޓީ ނުހިމަނަ ޓަނަކަށް 2،700 ރުފިޔާ ކަމަށެވެ. އާންމު އުސޫލެއްގެ ދަށުން ފީ ނަގާނީ ނަގުދު ފައިސާ އިން ކަމަށާއި ފީ ނަގާނީ ޓްރާންސްފާ ސްޓޭޝަނަށް އެބާވަތުގެ ކުނި އުފުލައިގެން ގެންނަ ވެހިކަލްގެ ބަރުދަނަށް ބަލައިގެން ކަމަށާއި ވެހިކަލްގެ ބަރުދަން ބަލާނީ ރެޖިސްޓްރޭޝަން ސެޓްފިކެޓުން ކަމަށްވެސް ވެމްކޯ އިން ބުންޏެވެ.

މީގެ ކުރިން މިފަދަ ކުނި ބައްތާލަމުންދިޔައީ ތިލަފުށީ ވޭސްޓް ޑިސްޕޯސަލް ސައިޓުގައެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ލުއި ފަސޭހަ ކޮށްދިނުމަށް މި އުސޫލަށް ބަދަލު ގެނައީ ކަމަށް ވެމްކޯ އިން ބުންޏެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ