ފޮޓޯ:އެމްއެންޑީއެފް

އެމްއެންޑީއެފްގެ އެޖުޓެންޓް ޖެނެރަލްއަކަށް ކާނަލް މުހައްމަދު އިބްރާހީމް ހަމަޖައްސައިފި

އަލަށް އުފެއްދި އެމްއެންޑީއެފްގެ އެޖުޓަންޓް ޖެނެރަލްގެ މަގާމަށް ކާނަލް މުހައްމަދު އިބްރާހީމް އައްޔަންކުރައްވައިފިއެވެ.

މިއަދު ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކާނަލް މުހައްމަދު އިބްރާހީމްއާ މަގާމު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ.

އެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަގާމާއެކު ކާނަލް އިބްރާހިމްއަކީ މިހާރު ސިފައިންގޭގެ އިދާރީ ކަންކަމުގެ އިސްވެރިޔާއެވެ. އޭނާގެ މަސްއޫލިއްތަކަށް ވާނީ ސެރެމޯނިއަލް ޑިއުޓީތައް އަދާކުރުމާއި، ސިވިލް އަދި ޕަބްލިކް އެފެއާޒްގެ ހިދުމަތްތަކާއި، ގާނޫނީ އެހީތެރިކަމާއި، އަސްކަރީ ފުލުހުންގެ ހިދުމަތާއި ހިއުމަން ރިސޯސް އާއި ފައިނޭންޝަލް މެނޭޖްމަންޓް ދާއިރާގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އުފައްދަވާފައިވާ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯ (އޭޖީ ކޯ)ގެ ކަންކަން ބެލެހެއްޓުމެވެ.

އެޖުޓެންޓް ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ކާނަލް މުހައްމަދު އިބްރާހީމް ހުންނެވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަރުގެ މަގާމުގައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ