ލޭޑީ ކްރާފްޓްގެ ނިއު ނޯމަލް ސޭލް މިމަހުގެ 10 އަކާއި ހަމައަށް

ކުޑަކުދިންނަށް ހާއްސަ ގިނަ ބާވަތްތައް ވިއްކަމުން އަންނަ ލޭޑީ ކްރާފްޓް އިން ހެޔޮ އަގުގައި ޕޭޖުގައި ވިއްކާ ތަކެތި ގަނުމަށް ފުރުސަތު ފަހިކޮށްދީ ނިއު ނޯމަލް ސޭލް އެއް ހުޅުވާލައިފިއެވެ.

ލޭޑީ ކްރާާފްޓުން ލިބޭ ތަކެތީގެ ތެރޭގައި، ކުޑަކުދިންނަށް ހާއްސަ އުނދޯއްޔާއި އެކުދީން ކުޅޭނެ ޓެންޓާއި ބޮލުގައިޖަހާ ދައްޗާއި އޯގަނައިޒްކުރާ އެއްޗެއްސާއި ބުކް ސިލިންގް ހިމެނެއެވެ. 20 އިންސައްތަ ޑިސްކައުންޓް ލިބޭ މި ސޭލް ކުރިއަށް ދާނީ މިމަހުގެ 10 ވަނަ ދުވަހާއި ހަމައަށެވެ.

ކުޑަކުދިންނަށް ހާއްސަ އުނދޯއްޔާއި އެކުދީން ކުޅޭނެ ޓެންޓަކީ ގޭތެރޭގައި ގިނަވަގުތު ހޭދަކުރަން ޖެހިފައިވާ މިދަނޑިވަޅުގައި ދަރިންނަށް ވަރަށް ކަމުދާ ހަދިޔާއަކަށް ވެދާނެއެވެ.

ލޭޑީ ކްރާފްޓުން ވިއްކަމުން އަންނަ ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ އުނދޯލި ޑޒައިންތަކުގެ ތެރެއިން އެންމެ މަޤުބޫލު އުނދޯއްޔަކީ ތުއްތު ކުދިންގެ އުނދޯއްޔެވެ. ހިތްގައިމު ޑިޒައިން ތަކަކަށް ތައްޔާރުކޮށް ސްޕޮންޖާއި ޕެޑިން އަދި ކުޝަން ބޭނުންކޮށްގެން ފަހާ ވަރަށް ހިތްގައިމް އުނދޯލިތަކަކީ ހަތަރު މަހުން ފެށިގެން މަތީ ކުދިންނަށް ހާއްސަކޮށް ވިއްކަމުން އަންނަ ޕްރޮޑަކްޓެކެވެ. މި އިންޑޯ އުނދޯލި ތަކަކީ، އުމުރާ އެކަށޭނަކޮށް ރައްކާތެރި ކަމަށް ހާއްސަ ބެލްޓް ވެސް ހިމަނައިގެން ޓެސްޓްކޮށް ކަސްޓަމަރުންގެ ޔަގީންކަން ލިބިފައިވާ އެއްޗެކެވެ.

ލޭޑީ ކްރޯޕްޓްގެ އުނދޯލިތަކާއި، ޓެންޓުތަކަކީ އެދިލައްވާ ބޭފުޅަކު ބޭނުންފުޅުވާ ގޮތަށް ކަސްޓަމައިޒްކޮށް ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް އޯޑަރުކުރެވޭނެ ގޮތަށް ބޭނުން ކުރުމަށްފަހު ފައްޖަހާލާ ފޮރުވޭނެ ގޮތަށް އެ ޕެޖުން ތައްޔާރުކޮށް ވިއްކަމުން އަންނަ އުނދޯއްޔެކެވެ.

ލޭޑީ ކްރާފްޓްގެ އިންސްޓަގްރާމް މެދުވެރިކޮށްވެސް އަދި ފޭސްބުކް މެދުވެރިކޮށްވެސް މި ޕްރޮޑަކްޓްތަކަށް އޯޑަރު ކުރެވޭނެއެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ