އަހްލާގީ މައްސަލަތަކާ ގުޅިގެން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަައިފިިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށާއި ޖެންޑާ މިނިސްޓްރީ އަށް ހުހަޅާފައިވާ ކަމަށެވެ.
އަލީ ވަހީދާ ގުޅިގެން ހުށަހަޅާފައިވަނީ ކޮން ޝަކުވާއެއް ކަމެއް ހޫދު ހާމައެއް ނުކުރައްވަ އެވެ.
މީޑިއާތަކަށް އެކި ޒަރިއްޔާތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ޓުއަރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކެއް ރައީސް އޮފީހަށް ޝަކުވާ ހުށަހެޅީ އެ މިނިސްޓްރީތެރޭގައި ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއް ހިނގައިގެންނެވެ.
ރައިސުލްޖުމްހޫރިއްޔާ އަލީ ވަހީދު އިސްތިއުފާ ދިނުމަށް އެންގި އިރު، އަލީ ވަހީދު ކަމަށް ބެލެވޭ މީހަކު ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާާއާ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ވާހަކަ ދައްކަވާ އޯޑިއޯ އެއްވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.