ފޮޓޯ: ޓްރެވަލް ޓްރޭޑް މޯލްޑިވްސް

ކޮވިޑް ޖެހިގެން ރާއްޖެއިން 13 ވަނަ މީހަކު މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން 13 ވަނަ މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، މިއަދު މެންދުރު 1:00 ގައި އައިޖީއެމްއެޗަށް ގެނައި 70 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައިވާ ކަމަށެވެ. އަދި އޭނާ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ކަމަށެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއޯސީ) ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް “ސަން” އަށް މައުލޫމާތު ދެމުން ވިދާޅުވީ މަރުވި މީހާ ކޮވިޑަށް ޓެސްޓްކުރީ މަރުވި ފަހުން ކަމަށެވެ.

އޭނާގެ ޖަނާޒާގައި އާއިލާގެ މީހުން ވަނީ ބައިވެރިވެފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ