ފޮޓޯ: އަވަސް

ޖޭޕީގެ ރައީސް ކަމުން އިސްތިއުފާ ދިނުމަށް އަލީ ވަހީދަށް އަންގަވައިފި

ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި އަލީ ވަހީދު އެ މަގާމުން އިސްތިއުފާ ދެއްވުމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަންގަވައިފިއެވެ.

އަޚްލާގީ މައްސަލަތަކާ ގުޅިގެން އަލީ ވަހީދު މިނިސްޓަރު ކަމުން އިސްތިއުފާ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރޭ ވަނީ އޭނާއަށް އަންގަވާފައެވެ. ނަމަވެސް އަލީ ވަހީދު މަގާމުން އިސްތިއުފާ ނުދެއްވުމުން ރައީސް ސޯލިހު ވަނީ މިއަދު އޭނާ އެ މަގާމުން ވަކިކުރައްވާފައެވެ.

އެ މައްސަލަތަކާ ގުޅިގެން ޖޭޕީގެ ރައީސް ކަމުން އަލީ ވަހީދު ވަކިކުރުމަށް އެޕާޓީގެ ކައުންސިލަށް ރޭ ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅާފަ އެވެ.

ނަމަވެސް އަދިވެސް އެ މަގާމުން އޭނާ އިސްތިއުފާ ދެއްވާފަ އެއް ނުވެއެވެ. އެހެން ކަމުން ޖޭޕީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަށް މިއަދު ގާސިމް ވަނީ އޭނާއަށް އަންގަވާފައެވެ.

ޖިންސީ ގޯނާއާއި ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކަކާއެކު އަލީ ވަހީދު މިނިސްޓަރު ކަމުން ވަކިކުރިއިރު، މިއަހަރު ކުރީކޮޅު އަލީ ވަހީދު ކަމަށް ބެލެވޭ މީހެއްގެ ފޯނުކޯލް ރިކޯޑިން އެއް ވަނީ ލީކްވެފަ އެވެ. އެ އޯޑިއޯގައި އަލީ ވަހީދު ކަމަށް ބެލެވޭ މީހަކު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ވާހަކަ ދައްކާ އަޑު އިވެ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ