ޕޮޒިޓިވްވާ މީހުން އިތުރުވަމުންދާނަމަ ލޮކްޑައުންއަކަށް ދާން ޖެހިދާނެ: ޑރ. އަލީ ލަތީފް

ކޮވިޑް-19ގެ ކޭސްތައް އިތުރުވެގެންދާނަމަ ހާލަތު ގޯސްވެ، ބައެއް ތަންތަން ބަންދުކޮށް ނުވަތަ ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. އަލީ ލަތީފު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފް ވިދާޅުވީ ލޮކްޑައުންއަށް ލުއިދިންއިރު ބެލި މިންގަނޑުތަކެއް ހުންނާނެ ކަމަށާއި އަލުން ލޮކްޑައުންއަކަށް ދާނީ ވެސް އެ މިންގަނޑުތަކަށް ބެލުމަށްފަހު ކަމަށެވެ.

މީގެ އިތުރުން ޑރ. އަލީ ލަތީފް ވިދާޅުވީ ފްލޫ ކްލިނިކުން ނަގާ ސާމްޕަލްތަކުގެ ތެރެއިން މިހާރު ޕޮޒިޓިވްވާ ސާމްޕަލްތަކުގެ މިންވަރު ހުރީ ފަސް ޕަސެންޓަށްވުރެ ދަށުގައި ކަމަށެވެ. ނަމަވެސް އެ އަދަދު ގާތްގަނޑަކަށް 20 ޕަސެންޓާ ހަމައަށް އަރައިފިނަމަ އެކަމުން ދޭހަވަނީ މާލޭގައި ވަރަށް ބޮޑަށް ބަލި ފެތުރި، ވަރަށް ގިނަ ކަންކަން ބަދަލުކުރަން ޖެހޭކަން ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

ޑރ. އަލީ ލަތީފް ވިދާޅުވީ މިގޮތަށް ބަލާ މިންގަނޑުތައް ބަހާލާފައި އޮންނަނީ ތިން ސްޓޭޖަކަށް ކަމަށެވެ. އަދި ބަލާ ބައެއް ކަންކަން މިހާރު ހުރީ ސްޓޭޖް އެކަކަށްވުރެ ދަށުގައި ކަމަށާއި އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ. ނަމަވެސް ބައެއް ކަންކަން ގޯސްވަމުންދާ ކަމުގެ އިޝާރާތެއް ޑރ. އަލީ ވަނީ ދެއްވާފަ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ