މިއަދު ރާއްޖެއިން 67 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 52 ދިވެހީންނާއި، ބަންގްލަދޭޝްގެ 14 މީހުންނާއި އިންޑިއާ މީހެއް ކަމަށެވެ. މިއަދު އެކަނި 67 މީހަކު ބައްޔަށް ޕޮޒިޓިވްވި އިރު، ފާއިތުވި ހަތް ދުވަހުގެ ތެރޭގައި 263 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއަދު ޕޮޒިޓިވްވި 67 މީހުންނާއިއެކު މިހާތަނަށް ދިވެހިރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 2،731 އަށް އަރައިފަ އެވެ.
އެޗްޕީއޭއިން ހާމަކުރި ގޮތުގައި މިދިޔަ 24 ގަޑިއިރު ތެރޭ އިތުރު 16 މީހަކު ވަނީ މި ބަލިން ރަނގަޅުވެފަ އެވެ. މިއާއިއެކު ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 2،284 އެވެ.
އެކްޓިވް ކޭސް ނުވަތަ މިވަގުތު ފަރުވާ ދެވެމުންދާ މީހުންގެ ގޮތުގައި ތިބީ 419 މީހުންނެވެ. ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު 71 މީހުން ތިބިއިރު އިތުރު 353 މީހަކު މިވަގުތުު ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ.
ކޮވިޑް-19ގައި ރާއްޖެއިން މިހާތަނަށް ވަނީ 13 މީހަކު މަރުވެފައެވެ.