އިންޑިއަން އޯޝަން ބެސްޓް ސްޕާ ޑޭސްޓިނޭޝަންއަކަށް ރާއްޖެ ނޮމިނޭޓު ވެއްޖެ

މިއަހަރުގެ ވޯލްޑް ސްޕާ އެވޯޑްސްގައި އިންޑިއަން އޯޝަން ބެސްޓް ސްޕާ ޑޭސްޓިނޭޝަންއަކަށް ރާއްޖެ ނޮމިނެޓު ވެއްޖެއެވެ.

މިއީ ރާއްޖެ މި އެވޯޑަށް ނޮމިނޭޓުވި ހަވަނަ އަހަރެވެ. މިދިޔަ ފަސް އަހަރުވެސް ރާއްޖެއިން ވަނީ މި އެވޯޑު ދިފާއު ކޮށްފައެވެ. މި އަހަރުގެ ވޯލްޑް ސްޕާ އެވޯޑްސްގައި އިންޑިއަން އޯޝަން ބެސްޓް ސްޕާ ޑެސްޓިނޭޝަން ކެޓަގަރީން ރާއްޖެއާ ވާދަކުރަނީ މޮރިޝަސް އަދި ސީޝެލްސްއެވެ.

ވޯލްޑް ސްޕާ އެވޯޑްސްގައި ކޮންމެ ގައުމެއްގެ އެންމެ ފުރިހަމަ ސްޕާއެއް ހޮވައި އެވޯޑު ދޭ އިރު، މި އަހަރު ރާއްޖޭގެ ބެސްޓް ރިސޯޓް ސްޕާގެ އެވޯޑަށް 13 ރިސޯޓެއް ނޮޮމިނޭޓުވެފައިވެއެވެ. އެއީ:

  1. އަނަންތާރާ ސްޕާ އެޓް އަނަންތަރާ ދިގު
  2. އަނަންތާރާ ސްޕާ އެޓް އަނަންތާރާ ކިހަވައް
  3. ކާމް ސްޕާ އެޓް ޖޭއޭ މަނަފަރު
  4. ކޮކޯ ސްޕާ އެޓް ކޮކޯ ބޮޑުހިތި
  5. ޑްރިފްޓް ސްޕާ އެޓް ނިޔާމަ
  6. ހެވަންލީ ސްޕާ އެޓް ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ
  7. އިރިޑިއަމް ސްޕާ އެޓް ދަ ސެއިންޓް ރިޖިސް މޯލްޑިވްސް ވޮއްމުލި
  8. ޖިވާ ގްރޭންޑް ސްޕާ އެޓް ތާޖް އެގްޒޯޓިކާ
  9. ކޮކޯ ސްޕާ އެޓް ކަނުހުރާ
  10. ތަލިސް ސްޕާ އެޓް ޖުމެއިރާ ވިޓަވެލި
  11. ދަ ސްޕާ އެޓް ކޮންރެޑް މޯލްޑިވްސް ރަންގަލި
  12. ދަ ސްޕާ އެޓް ވެލާ ޕްރައިވެޓް އައިލެންޑް
  13. ދަ ސްޕާ ބައި ތަލްގޯ އެޓް ދަ ސަން ސިޔާމް އިރުފުށި

މި އެވޯޑުގައި ވޯޓު ދިނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު މި ފުރުސަތު ސެޕްޜެމްބަރު 30 ގެ ނިޔަލަށް އޮންނާނެއެވެ.

ރާއްޖޭގެ ރިސޯޓުތަކާއި ހޮޓާތަކުންދޭ ސްޕާގެ ހިދުމަތަކީ ދުނިޔޭގެ ފަތުރުވެރިކަމުގައި ފާހަގަކުރެވޭ ހިދުމަތެކެވެ. ރާއްޖޭގައި ވޯޓާ ވިލާ ސްޕާ އާއި ލިވަ ބޯޑް ސްޕާގެ އިތުރުން އަންޑާ ވޯޓާ ސްޕާގެ ހިދުމަތްވެސް ދެއެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ