ބ. ބޮޑުފިނޮޅުގައި ބިދޭސިންތަކެއް ލައްވާ މަސައްކަތް ކުރުވާ، އެ މީހުންނަށް މުސާރަ ނުދިން މައްސަލާގައި ބިދޭސިންތައް އެރަށުގައި ހަމަނުޖެހުން ހިންގައި މުދަލަށާއި ތަކެއްޗަށް ގެއްލުން ދިން މައްސަލާގައި އެ ބިދޭސިން ރަށުން ބޭލުމަށް ކޯޓު އަމުުރު ނެރުނު މެޖިސްޓްރޭޓުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުނިން ޖޭއެސްސީ އަށް ހުށަހަޅައިފި އެވެ.
ރިޒާގެ ކުންފުނި ތަމްސީލު ކުރާ ލޯކްރާފްޓުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރިޒާގެ ކުންފުނީގެ ނަމަކީ “އާރުއައިއެކްސް ޕްރައިވެޓް ލިމިޓެޑް” ކަމަށާއި، ނަމަވެސް ބޮޑުފިނޮޅު މައްސަލާގައި ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފައިވަނީ ރިޒް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ކަމަށެވެ.
އެހެން ކަމުން އެ އަމުރު ނެރެފައިވަނީ ރިޒާގެ ކުންފުނީގެ މައްޗަށް ނޫން ކަމަށާއި އެފަދަ އަމުރެއް ރިޒާގެ އާރުއައިއެކްސް ކުންފުނީގެ މައްޗަށް ތަންފީޒު ނުކުރެވޭނެ ކަމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ބަޔާނުގައި ބުނީ ދައުވާއަކާ ގުޅިގެން އެދައުވާއެއްގައި ނުހިމެނޭ ފަރާތެއްގެ މައްޗަށް ޝަރީއަތުން ހުކުމެއް ކުރުމަކީ ޝަރީއަތުގައި
ޢަމަލުކުރަމުން އަންނަ އުސޫލަކަށް ނުވާ ކަމަށެވެ.
އަދި ދައުވާތަކާ ގުޅިގެން ޝަރީއަތުން ކުރާ ހުކުމްތަކާއި ނެރޭ އަމުރުތަކަކީ ތަންދީޒުކުރުނ ގާނޫނީ ގޮތުން ލާޒިމު އެއްޗަކަށްވާއިރު، ވުޖޫދުގައި ނެތް ފަރާތެއްގެ މައްޗަށް ރައްދުޖިށް ކުރެވޭ ދައުވާއެއްގައި އެފަރާތެއްގެ މައްޗަށް ހުކުމް ކުރުމަކީ އެކަމުގައި ޝަރީއަތުގެ އަމުރު ތަންފީޒު ކުރުމުގައި އިޖުރާއީ ގޮތުން ކުރިމަތިވާ ސަބަބަކާހުރެ އެ
އަމުރުވެރިކަމުގެ ބާރު ކެދޑިދާދެކަމެއްކަމަށް ސިވިލް ކޯޓުގެ ގަޒިއްޔާއެއްގައި ބުނެފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
ބޮޑުފިނޮޅުން މީހުން ބޭލުމަށް ވަގުތީ އަމުރު ނެރުނު ޝަރީއަތުގެ މަޖިލީސް ވީީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ކަމަށާއި އެ މަޖިލިސް ކުރިއަށް ދަނިކޮށް ޓެކްނިކަލް މައްސަލައެއް ދިމާވެ، ވީޑިއޯ މެދުކެނޑުނު ކަމަށް ލޯ ކްރާފްޓުން ނެރުނު ބަޔާނުގައި ބުންޏެވެ.
ރިޒް ކުންފުނީގެ މައްޗަށް ހިއުމަން ޓްރެފިކިންގްގެ ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން މިހާރު ދަނީ ތަހުގީގުކުރަމުންނެވެ.